ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަށް މިއަދު ހުކުމް ކުރާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ މައްސަލަ އަލުން ނުފަށާ، މިއަދު ހުކުމް ކުރަން ނިންމައިފިއެވެ.

މި މައްސަލައިގައި އެދޭ ގޮތް ހާމަކުރަން ޝަރީއަތުގެ މަޖިލީހުގެ އިސް ގާޒީ އަލީ ރަޝީދު އެދިވަޑައިގަތުމުން އިބްތިދާއީ އަޑު އެހުމުން ފެށިގެން އަލުން ކުރިއަށް ގެންދިއުން ރައީސް ޔާމީންގެ ފަރާތުން އެދިލެއްވިއެވެ. އަދި މި މައްސަލައިގައިިކޮންމެ ގޮތަކަށް ނިންމިޔަސް މައްސަލައެއް ނެތް ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ. އިސް ގާޒީ އަލީ ރަޝީދު ވިދާޅުވީ ޖިނާޢީއިޖުރާއަތުގައި ބުނާ ގޮތުން އަލުން މައްސަލަ ބަލަން ޖެހޭނީ އިންސާފު ނުގެއްލޭ ނަމަ ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގް ދައުވާގެ ޝަރީޢަތް ފެށީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ  ކުރިއަށް ދާއިރު، އެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމާއި ހަމައިގައެވެ.

މި މަހުގެ ފަސްވަނަ ދުވަހު އެ މައްސަލައިގައި ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނިކޮށް އޭރު އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަޙްމަދު ހައިލަމް ގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަމަށް ބުނެ، ޖޭއެސްސީން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ.

ހައިލަމް ސަސްޕެންޑުކުރުމަށް ފަހު ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ގާޟީ ޢަލީ ރަޝީދެވެ. ހައިލަމް ސަސްޕެންޑުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް ޔާމީންވެސް ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުންތަކެއް ހާމަކުރައްވާފައެވެ. އަދި ހައިލަމް ވަނީ ހައިލަމްއަށް ވަކިގޮތަކަށް ހުކުމް ކުރުމަށް ސަރުކާރުގެ ފަރާތުން ނުފޫޒުފޯރުވުމަށް މަސައްކަތްކުރިކަމަށްބުނެ ބަޔާނެއްވެސް ނެރުއްވާފައެވެ. މި މައްސަލައިގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް މައްސަލައިގެ ޝަރީޢަތް އާދީއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލަ ބެލުމަށް ވަނީ ފަސް ފަނޑިޔާރުން އެކުލެވޭ ބެންޗެއް ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: