ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު ވާދަކުރައްވަނީ

ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއީލް ޒަރިޔަންދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ނޭޝަނަލް ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވާދަކުރައްވަން ނިންމަވައިފި އެވެ.

މިކަން އިއުލާންކުރެއްވީ ޕީއެންއެފުން ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ”ރިސެޓް“ ގެ ނަމުގައި ބޭއްވި ޖަލްސާގަ އެވެ.

ޒަރިޔަންދަކީ އޮޑިޓް އަދި އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރެކެވެ.

އޭނާ ވިދާޅުވީ، މި މަސައްކަތަށް ނުކުތުމަށް އޭނާއަށް ހިތްވަރު ދެއްވީ ރައީސް ޔާމީން ކަމަށާއި، އޭނާގެ ނަޒަރުގައި ޔާމީނަކީ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށެވެ. ޒަރިޔަންދު ވަނީ ޔާމީނަށް ތައުރީފުކުރައްވަމުން، ”އެއީ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް“ ކަމަށް ވިދާޅުވެފަ އެވެ.

މިހާތަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިޔާސީ މަސައްކަތްތަކުގައި އުޅުއްވި ޒަރިޔަންދު، ޔާމީންގެ ޕާޓީއާ ގުޅިވަޑައިގެން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާއިރު. ޕީއެންއެފް އުފެދުމަށްފަހު، އެ ޕާޓީން މާލޭގެ މޭޔަރުކަމަށް ވާދަކުރާ ފުރަތަމަ ކެންޑިޑޭޓަކީ ޒަރިޔަންދެވެ.

މާލޭގެ މޭޔަރުކަމުގެ ގޮނޑި ހޯދުމަށް ވާދަވެރިކަން ވަރަށް ބޮޑުވެފައިވާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އެ ގޮނޑި އަށް ވާދަކުރައްވަން ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ.

މީގެ އިތުރުން، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޓިކެޓު ހޯއްދެވުމަށް މިހާރު ވެސް މޭޔަރު އާދަމް އާޒިމާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އެ ޕާޓީގެ ވާދަވެރި ޕްރައިމަރީ އަށް ނުކުމެވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: