ރާއްޖޭގެ އިގުތިސާދު ފުނޑުފުނޑުވެ، މާލީ ހާލަތުގެ ފެންވަރު ދައްވެގެންދާއިރު، ސަރުކާރު އެއްވެސް މިންވަރަކަށް ކަންބޮޑުވާތަން ނުފެންނަކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ، އެމްޑީޕީގެ ހަރުގޭގައި ބޭއްވި، އަލީ އާޒިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމްއަކީ ރައީސް މުހައްމަދު ނަޝީދާއި އެންމެ އަރިސް އެއް މެމްބަރެވެ. އަދި މާލޭގެ މޭޔަރުކަމަށް އައުމަށް ފައްޔާޒް ތާއީދު ކުރައްވަނީ އަލީ އާޒިމަށެވެ.
ޖަލްސާގައި ވާހަކަދެއްކެވި ކުރީގެ ރައީސް ނަޝީދުގެ ވާހަކަފުޅަށް ތާއީދު ކުރައްވައި ފައްޔާޒު ވިދާޅުވީ، އެމަނިކުފާނު ވަނީ މާލެއަށް ގެނެވޭނެ ބޮޑު ބަދަލެއްގެ ވާހަކަ ފާހަގަކުރައްވައިފައި ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، އަލީ އާޒިމްގެ މެނިފެސްޓޯގައި ބަޔާންކޮށްފައި ވަނީ، ފަސޭހަ ދިރިއުޅުމެއްގެ ވާހަކަ ކަމަށެވެ. އެހެންނަމަވެސް، އޭނާ ދެކޭގޮތުގައި، އެންމެ ބޮޑަށް ކަންބޮޑުވަނީ، ދިރިތިބެވޭނެ ކަމާއި މެދު ސުވާލު އުފެދޭތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވިގޮތުގައި، އޭނާއަށް މިވަގުތު އެންމެ މުހިއްމު ވަނީ، މާލޭގެ ހިތްފަސޭހަކަމާއި ރާއްޖޭތެރެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ ދަތިކަމެއް ނޫން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، މިއަދު އޮތް ސަރުކާރާއި އެއްކޮށް، ދިވެހިރާއްޖެ ކުރިއަށް އޮތް ތާގައި، ދެމިއޮންނާނީ ކޮން ތަނެއްގަ ތޯ އާއި މެދު އެންމެންވެސް ސުވާލުކުރަންޖެހެ އެވެ. އަދި ވިދާޅުވީ އޭނާއަށް މިވަގުތު އެންމެ މުހިއްމު ވަނީ، މާލޭގެ ހިތްފަސޭހަކަމާއި ރާއްޖޭތެރެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ ދަތިކަމެއް ނޫން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ދަރަނި ބޮޑުވެގެންގޮސް، ދަރަނި އަނބުރާ ނުދެއްކޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި، ދައްކާނެ ގޮތެއް އަދި އެ މައްސަލައާއި މެދު ކުރާނެ ކަމެއް ނޭންގޭ ހިސާބަށް ރާއްޖޭގެ ހާލަތު ގޮސްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތުގެ ފެންވަރު ދަށްވެގެންދާއިރު، ސަރުކާރު ކަންބޮޑުވާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި، ރާއްޖޭގެ އެތެރޭގެ އިގުތިސާދުވެސް ފުނޑުފުނޑުވެގެން ދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

