ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޑީސީގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި

ވިނަރެސް ފުލެޓު --- ފޮޓޯ: އަވަސް.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓާއި މަހު ކުލި ކުޑަކޮށްފައިވާތީ، މިހާތަނަށް ޑިޕޮސިޓް ދެއްކި މީހުންގެ ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އުނިކޮށްދޭން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ. މި ބަދަލުތައް އައިސްފައިވަނީ ސަރުކާރުން ފްލެޓުތަކުގެ އަގުތަކަށް ލުއި ދިނުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.

ހައުސިން މިނިސްޓްރީން އެކްސްގައި ހިއްސާ ކުރި މައުލޫމާތުގައި ވަނީ ޑިޕޮސިޓް އެޖެސްޓު ކުރާނެ ގޮތުގެ ތަފްސީލުތައް ހާމަކޮށްފައެވެ. އެގޮތުން، ތިން ކޮޓަރީގެ ފްލެޓުތަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ކުރިން 25،000ރ. ދެއްކި މީހުންގެ އަތުން، ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކުރުމަށްފަހު، ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އެޖެސްޓު ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދެ ކޮޓަރީގެ ފްލެޓުތަކަށް ވެސް މި ބަދަލުވަނީ ގެނެވިފައެވެ. ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ކުރިން 15،000ރ. ދެއްކި ފަރާތްތަކުން، ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކުރުމަށްފަހު، ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން އެޖެސްޓު ކޮށްދިނުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ސަރުކާރުން ގެނައި ބަދަލާ އެކު، ފަހި ފްލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ މަހު ކުލި ވަނީ 7،000ރ. އިން 6،000ރ. އަށް ކުޑަކޮށްފައެވެ. މެއިންޓަނެންސް ފީީގެ ގޮތުގައި ކުރިއެކޭ އެއްގޮތަށް 1،000ރ. ނެގުމަށް ހަމަޖެހިފައިވާއިރު، ދެ ކޮޓަރީގެ ފްލެޓުގެ ޖުމްލަ ކުއްޔަކީ މިއަދުން ފެށިގެން 7،000ރ. ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އަދި ތިން ކޮޓަރީގެ މަހު ކުލި ވެސް ވަނީ މިއަދުން ފެށިގެން 9،000ރ. އިން 8،500ރ. އަށް ކުޑަކޮށްފައެވެ. މެއިންޓަނެންސް ފީީގެ ގޮތުގައި 1،000ރ. ނެގޭނެ ކަމަށް ވާތީ، ތިން ކޮޓަރީގެ ފްލެޓުގެ ޖުމްލަ ކުއްޔަކީ މިއަދުން ފެށިގެން 10،000ރ. ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

މި ބަދަލުތަކާ ގުޅިގެން ހުޅުމާލޭ 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ގެނައި ބަދަލާ އެކު ފްލެޓުތަކާ ގުޅޭ އާ އެއްބަސްވުންތައް ހަދާނެ ކަމަށް ވިދާޅުވެފައެވެ. މި ބަދަލަކީ ފްލެޓު ލިބުނު ފަރާތްތަކަށް މާލީ ގޮތުން ލުޔެއް ލިބިގެންދާނެ ބަދަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: