ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލުން ނިންމާލައިފި

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ކަލާފާނު ސްކޫލްގެ ހޯލުގައި މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލުން ނިންމާލައިފިއެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ. ގޯތިތަކުގެ ގުރުއަތުލުން ނެގީ ހުޅުމާލޭގެ މާސްޓަރޕަލޭނަށް ގެނެވުނު ބަދަލާއިއެކު ބިންވެރިޔާ ސްކީމުގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާޓްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން އައު ލޮޓު ނަމްބަރެއް ކަނޑައެޅުމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ވަނީ ދޫކޮށްފައެވެ. އެގޮތުން 3ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނަށް ބަލާއިރު:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ގުރުއަތުނ ނިމުމުން ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ފަހުން އާންމުކުރާނެކަމަށެވެ. މިދިޔަ އަހަރުގެ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރެވިފައިވާ ގޮތުން، މިޙާރު ބޭނުން ކުރަމުންދާ ބަންދަރުގައި މިވަގުތަށް ބޭނުންވާ އަދި މުސްތަގުބަލުގައި އުޅަނދުފަހަރު ބަނދަރުކުރމަށް އެކަށީގެންވާ ޖާގަ ނެތުން ހިމެނެއެވެ.

މީގެއިތުރަށް ހުޅުމާލެ ދެ ފިޔަވަހި ވަކިވާ ގޮތަށް ޕްލޭން ކުރެވިފައިވުމުން، ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތައް ދިމާވާނެތީއާއި ތިންވަނަ ފިޔަވަހި އަބާދުކުރުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

މިކަމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތީން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިމެނޭގޮތަށް މުޅި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނެއްވަނީ އެކުލަވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: