ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން ވަކިކުރިތާ ހަ މަސް ފަހުން އޭސީސީން ޖޭއެސްސީގެ ރިޕޯޓު ހޯދައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރާއި ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު./ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ކުއްލި ގޮތަކަށް ވަކިކުރި، ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް ބުނިތާ، އަދި އެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ ހަ މަސް ދުވަސް ފަހުން ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އޭސީސީއަށް ފޮނުވައިފިއެވެ.

ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒުގެ އިތުރުން އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ގައެވެ. އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ޖޭއެސްސީން ވެސް ބުނިއިރު، އޭގެ ފަހުން ސުއޫދު އިސްތިއުފާ ދެއްވިއެވެ. އަދި، އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން މެއި މަހުގެ ތެރޭގައި ޖޭއެސްސީން ނިންމިއެވެ.

އެއަށްފަހު، ދެ ބޭފުޅުންނަށް ވެސް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ، ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މެއި މަހުގެ 14 ގައެވެ.

އެ ބޭފުޅުން ސަސްޕެންޑުކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައި އޮތް މައްސަލަ ބަލަން ނިންމައިފައި ވަނިކޮށެވެ. އެއީ ސަރުކާރުގެ މަސްލަހަތު އޮތް ކަމެއް ކަމަށްވާއިރު، އޭސީސީއާއި ޖޭއެސްސީގެ ކުއްލި ނިންމުމާ ގުޅިގެން އެ ދެ ކޮމިޝަނާއި ސަރުކާރަށް ތުހުމަތުތަކާއި ފާޑުކިޔުން އަމާޒުވިއެވެ.

ޖޭއެސްސީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި، މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކީ، މިހާރު ޖޭއެސްސީގެ ރައީސަކަށް ހުންނެވި މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކެވެ. އޭސީސީން މައްސަލަ ބަލާ ކަމަށް ބުނެ، ޖޭއެސްސީއަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން މީގެ ކުރިން އަޒްމިރަލްދާ ވަނީ، އެ ސިޓީ ފޮނުވީ އެފަދަ ތަހުގީގެއް ނުފަށަނީސް، އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މަގާމު ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރައްވައިފިއެވެ.

އަޒްމިރަލްދާ ވިދާޅުވެފައި ވަނީ، އޭނާގެ ޖިނާއީ މައްސަލައެއް ބަލާ ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހުގެ 26ގައި އޭސީސީން ޖޭއެސްސީއަށް ސިޓީއެއް ފޮނުވި ނަމަވެސް އެފަދަ ތުހުމަތެއް ކުރާ ކަމެއް އޭގެ ކުރިން އެއްވެސް ފަނޑިޔާރަކަށް އަންގައިފައިނުވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް ސިޓީއެއް ފޮނުވިއިރު، އެކަން ކޮށްފައިވަނީ ކޮމިޝަންގެ އިޖުރާއަތުތަކާއި އުސޫލުތަކުގެ ބޭރުންކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝާމިލް ޖޭއެސްސީއަށް ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަން އެނގޭ ކަމަށާއި އެއީ އޭނާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން އުޅުން ކަމަށް އަޒްމިރަލްދާ ތުހުމަތު ކުރެއްވިއެވެ.

ޝާމިލްގެ މައްސަލަ ބެލުމަށް އެދި، އަޒްމިރަލްދާ އޭސީސީއަށް މައްސަލައެއް ހުށަހެޅުއްވިއެވެ. އަދި އެ މައްސަލަ އެ ކޮމިޝަނުން ބަލައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: