ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް އާޒިމް ސަރުކާރަށް ބަސް ނުބުނާ ސަބަބެއް ވޭ، އެއީ ކުންފުންޏެއްގެ ސަބަބުންކަމަށް ބުނެ އުޅޭ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އާދަމް އާޒިމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތްއިރު ސަރުކާރާއި ދެކޮޅަށް ބުނި ބަހެއް ވެސް ނެތްކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ވެސް އަނެއްކާވެސް ގޯސްވެ، ޕާޓީގެ އެތެރޭގައި ދެބަސްވުން ވަނީ އުފެދިފަ އެވެ. ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމެރީގައި މާލޭގެ މޭޔަރުކަމަށް އާދަމް އާޒިމްގެ އިތުރުން ދެން ވާދަކުރައްވައި ކުރީގެ މެމްބަރު އަލީ އާޒިމެވެ. ދެ ބޭފުޅުންގެ ޓީމުތަކުގެ މެދުގައި ބަހުގެ ހަމަލާތައް އަމާޒުކޮށް، ތަފާތު އެކި ތުހުމަތުތައް ވެސް ދަނީ ކުރަމުންނެވެ.

މީގެއިތުރުން މާލޭގެ މޭޔަރުކަމުގެ ޕްރައިމެރީގައި ފައްޔާޒް ތާއީދު ކުރައްވަނީ އަލީ އާޒިމްއަށެވެ. އާޒިމްއަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެކްޝަނުގައި ހިމެނުނު ގިނަ ބޭފުޅުން ތާއީދު ކުރައްވަ އެވެ. މި އިންތިހާބުގައި ރައީސް ސޯލިހާއި، ޕާޓީގެ ދެން ތިއްބެވި ލީޑާޝިޕް ތާއީދު ކުރަނީ ކޮން ބޭފުޅަކަށްކަން ސާފެއް ނޫނެވެ.

އާޒިމްގެ ކެމްޕެއިނަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ. ކެމްޕެއިނަށް ޕާޓީގެ ހަރުގޭގައި އޮތް ޖަލްސާގައި ފައްޔާޒް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގެ ހުދުމުހުތާރު ވެރިކަންތަކުގައި ބުއްދިވެރިކަމާއި އެކު ކުރާ ރަނގަޅު ކަންކަން ވެސް ފެންނަ ކަމަށެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި މި ސަރުކާރުން ފެނިގެން ދަނީ ހުދުމުހުތާރު ވެރިކަމަކަށް ގޮސް މީގެ އެތައް އަހަރުތަކެއް ކުރިން ދިވެހި ރައްޔިތުން ހާސިލު ކުރީ ޑިމޮކްރަސީ ގެއްލިގެންދާ މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ.

މިކަންކަމާ ކުރިމަތިލުމަށް، ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެ ސިޓީގެ މޭޔަރުކަން އިދިކޮޅު ޕާޓީއަކަށް އޮންނަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހެންނަމަވެސް، އެމްޑީޕީގެ ފަރާތުން ވޭތުވެދިޔަ ދެއަހަރާއި ބައިގައި މޭޔަރުކަން ކުރެއްވި ބޭފުޅަކަށް ސަރުކާރާ ދިމާލަށް އެއްވެސް އެއްޗެއް ވިދާޅުނުވެވުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ، މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމްއަށް މިވީ ދެ އަހަރުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ.

އަޅުގަނޑުމެންގެ މާލެ ސިޓީގެ ރައީސަކަށް ހުރީވެސް ހަމަ މިއަދުގެ މޭޔަރު. އެމްޑީޕީގެ މާލޭގެ މި ވޭތުވެދިޔަ ދޮޅުއަހަރުގައި މާލެ ސިޓީއަށް އެމްޑީޕީގެ މާލެ ސިޓީއަށް ކިހިނެއްތޯވީ؟ ކިތައް މެމްބަރުން އިތުރުވިތޯ؟ ކިތައް ޖަލްސާ ބޭއްވުނުތޯ؟ ނުވޭ. ދެން ވިދާޅުވެދާނެ އެއްކަލަ ނާގާބިލު ރުންކުރު ޗެއާޕާސަން ހުރީމަ ނުވީއޭ. އަޅުގަނޑަށް ނުވީ. އެބޭފުޅަކަށް ވެސް ނުވީއޭ. އެހެންވީމަ އެހެން ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. ކޮންމެ ހެނެއްވެސް އެބަ ހޯދަން ޖެހެއޭ.. މައްސަލައަކީ ކޮންމެވެސް ބޭފުޅަކު ފާހަގަކުރެއްވިހެން ކުންފުންޏާ ގުޅުން ހުރި ކަންތައްތަކެއްގެ ވާހަކަ. އަޅުގަނޑަށް ހީވަނީ އެކަހަލަ ދަތިތަކެއް ހުރީމަހެން މިހާ ބޮޑު ޕާޓީއެއްގެ، މި ވެރިކަންކުރާ ރާއްޖޭގެ މޭޔަރުގެ ގޮތުގައި އެމްޑީޕީގެ މޭޔަރުގެ ގޮތުގަ ހުރެފައި ސަރުކާރާ ދިމާލަށް އެއްޗެއް ނުބުނެވޭ.

އާދަމް އާޒިމަކީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން ވެސް ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ޕާޓީއަށް ވެސް އޭގެއިން ލިބުނު ކުރިއެރުމެއް ނެތްކަމަށެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް ބަދަލުވުމެއް ނުވަތަ ޖަލްސާއެއް ވެސް ނުބާއްވާއިރު ސަރުކާރުގެ އެއްވެސްކަމެއްގައި އާދަމް އާޒިމަށް ބަސް ނުބުނެވޭކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. އެއަށް ފަހު ދެން ފައްޔާޒް ފާހަގަކުރެއްވީ އާދަމް އާޒިމަށް ތުހުމަތު ކުރާ ބައެއް ކުންފުނިތަކާއި ގުޅުން ހުރި މައްސަލަތަކެވެ. އެއަށް އިޝާރާތްކޮށް ފައްޔާޒް ވިދާޅުވީ އާދަމް އާޒިމަށް ސަރުކާރާއި ދެކޮޅު ނުވެވޭ ސަބަބަކީ އެއީކަމަށް ވެސް ވެދާނެކަމަށެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުން ނުވަތަ ޕާޓީގެ އެހެން މަސައްކަތެއް ނުކުރެވުނީ ފަހަރުގައި އޭނާއަކީ ރުންކުރު ޗެއާޕާސަނަކަށް ވާތީކަމަށް ބުނެފާނެކަމަށެވެ. އަދި ވިދާޅުވީ އޭނާއަށް އެ މަސްއޫލިއްޔަތު ނުނެގުނު ނަމަ، އާދަމް އާޒިމަށް ވެސް މަސަައްކަތެއް ނުކުރެވުނު ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ދިވެހިރާއްޖެ އަނބުރާ ހޯދައި، މިނިވަންކަން ދަމަހައްޓަން ބޭނުން ނަމަ، މާލޭގެ މޭޔަރުގެ ގޮތުގައި އަލީ އާޒިމް ފަދަ ބޭފުޅަކު ހުންނެވުން މުހިންމުކަމަށެވެ. އޭގެ ސަބަބަކީ އަލީ އާޒިމަކީ ޖަވާބުދާރީ ކުރުވާނެ، އަދި އެ މަސައްކަތުގެ ތެރެއިން އެތައް ގޮތަކުން އުނދަގޫތައް ވެސް ކުރާނެ ބޭފުޅަކަށްވާތީކަމަށް ފައްޔާޒް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ފައްޔާޒް ދެއްކެވީ އޭނާގެ މިނިސްޓަރުކަމުގައި އަލީ އާޒިމްގެ ފަރާތުން އަމާޒުވީ ފާޑުކިއުންތަކެވެ.

މީގެއިތުރުން ފައްޔާޒް ވިދަޅުވީ އަލީ އާޒިމްގެ ފަރާތުން އެހާ ބޮޑެތި ފާޑުކިއުންތައް އަމާޒުވެ ދެބަސްވުންތައް ގޮސްފައިވަނިކޮށް އޭނާއަށް ތާއީދު ކުރަނީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާކަމަށެވެ. ފައްޔާޒް ވިދާޅުވީ ޒާތީ ކަންކަމާއި އެކު ކުރިޔަށް ނުދެވޭނެކަމަށާއި ގައުމަށް މުސްތަގުބަލެއް ހޯދައިދޭން ކުރާ މަސަައްކަތުގައި އަތުގަ ހިފަންޖެހުނު ކޮންމެ މީހެއްގެ އަތުގައި ހިފާނެ ކަމަވެ.

މާލޭގެ މޭޔަރުކަމަށް އަލީ އާޒިމް ހުންނަވައިފި ނަމަ، ރައީސް މުއިއްޒުއަށް ހަމަ ނިދި ނުނިދޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ ވަރަށް މަދު މެމްބަރުން ވެސް ތިބުމާއި އެކު ބައެއް މަސައްކަތްތައް ތަޅުމުގައި ކުރިޔަށް ގެންދިއުމުގައި ވެސް ދަތިތައް ދިމާވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: