ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ މާދަމާ ރޭ ރައީސް ބައްދަލުކުރައްްވަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލު ކުރައްްވާ ބައްދަލު ކުރައްްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހީނާ ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުން 21 ޑިސެމްބަރުވާ އާދީއްތަ ދުވަަހުގެރޭ 20:30 ގައި ރެހެންދި ސްކޫލްގައި އޮންނާނެއެވެ.

އެހެންކަމުންން ހުޅުމާލޭ ފޭސް އެކެއްގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުން ވެސް މި ބައްދަލުވުމުގައި ބައިވެރިވުމަށް ހީނާ ވަނީ އެދިވަޑައިގެންފަ އެވެ.

މާލޭގެ ރައްޔިތުންނާއި މާލެ ސިޓީގައި ދިިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ ގޮތުން ރައީސް ވަނީ ސިލްސިލާ ބައްދަލްވުންތަކެއް ބާއްވަވަން ފައްޓަވާފައެވެ. މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުއިއްޒު ފަށްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމެވެ.

މާލޭގެ ވަކިވަކި އަވަށްތަކަށް އަމާޒުކޮށް މިފަދަ ބައްދަލުވުންތަކެއް ބާއްވަވަން ނިންމެވިކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ސަރުކާރަށް ދެ އަހަރުވީ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 17 ގައެވެ. މި ސިލްސިލާގެ ދަށުން ރައީސް ވަނީ މިހާތަނަށް ވިލިމާލެ، މާފަންނު، ހެންވޭރު އަދި މައްޗަންގޯޅީގެ ރައްޔިތުންނާއި ގަލޮޅު އަދި ހުޅުމާލެ ފޭސް ދޭއްގެ ބައްދަލުކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، އެފަރާތްތަކުގެ ޝަކުވާތައް ރައީސް ގެންދަވަނީ ސީދާ އަޑުއައްސަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: