ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަސް: ހާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު

އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަސް: ހާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުގެ އައުޓްލެޓް ތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން، މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައި ވަރަށް ހާއްސަ ސޭލްއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން 70 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ދެ ޝޯރޫމުން އެންމެ މަތިން ވިޔަފާރި ކުރައްވާ 2 ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަ ޖެހިފައެވެ. މި ހަރަކާތް ކުރިއަށް ދާނީ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައިވެސް ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން ޕީޕަލްސް ޗޮއިސުން ހޮނިހިރު ދުވަހު ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ފިލިޕްސް ސައުންޑް ބަރ އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިއަށް އޮތްތާ ވެސް އެސްޓީއޯއިން 61 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭ ގޮތަށް އެކި ހަރަކާތްކަށް ހިންގުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތްކަގެ އެންމެ ފަހުގެ މައުލޫމާތުތައް އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އާއްމު ކުރެވިގެންދާނެއެވެ.

މި އަހަރުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެންމެ ހާއްސަ އެއް ހަރަކާތަކީ އެސްޓީއޯއިން ކުރިއަށް ގެންދާ ’ސްކެވެންޖަރ ހަންޓް‘ އެވެ. އެގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްގައި އާއްމުކުރެވޭ އަދި އެސްޓީއޯގެ ވިޔަފާރި ސްގްމެންޓްތަކުގެ އައުޓްލެޓްތަކުގައި (އެސްޓީއޯ ޕީޕަލްސް ޗޮއިސް، މާލޭ މަކިޓާ ޝޯރޫމް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރ) ފޮރުވިފައިވާ ’ހިންޓް‘ ތައް ބޭނުން ކޮށްގެން އަރަތެއް ފުރިހަމަ ކުރެވޭ ފުރަތަމަ ފަރާތައް އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ ނުވަތަ ޑައިސަންގެ ވަރަށް ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: