ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި 5 އަހަރު ނިމޭއިރު، 9 ބިލިއަން ރުފިޔާއަށް ދަރަނި އަރާނެ: ސައީދު

މެމްބަރުސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި 5 އަހަރު ނިމޭ އުރު 9 ބިލިއަން ރުފިޔާގެ ދަރަނި އޮތުމުގެ ފުރުސަތު އޮތް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ގެނައި ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި %48 ޓެކްސް ނަގާއިރު އެ ޓެކްސްއިން ކުރާ ފައިދާއެއް ނެތް ކަމަށް ސައިދު ވިދާޅުވިއެވެ.  ޓެކްސް އަކީ ޤައުމުގެއިފެއްދުންތެރިކަން އިތުރުކުރުން ކަމަށާ، މި ސަރުކާރަށް އެފަދަ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަންނަ އަހަރަށް ކަނޑައެޅި ބަޖެޓްގައި ޓެކްސް ނަގަނީ ރިކަރަންޓް ޚަރަދު ބޮޑު ކުރަން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ މި ސަރުކާރުން 8900 ވަޒީފާ އުފެއްދި ކަމަށް ބުނާއިރު އެއީ ޤަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކާ މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާ އިރު، މިދިޔަ ސަރުކާރުން ކުރި ކަންކަމުގެ ފައިދާ ނަގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރަށް ލިބުނު ފައިދާއެއް ލިބުނީ މިދިޔަ ސަރުކާރުގައި ކޮށްފައިވާ މަސައްކަތުން އުފެދުނު އާ ވަޒީފާތަކުން ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު ވަނީ މި ސަރުކާރުން ވިސްނުމަކާއި ނުލާ ކުރާ ކަންކަމުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް ދަރަނިވެރިވާނެ ކަމަށް ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: