ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީން، އެ ކުންފުނީގެ ފިރިހެން މުވައްޒަފުންގެ އަގުވަޒަންކޮށްފި

އެމްޑަބްލިއުއެސްސީގައި ފިރިހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިއުއެސްސީގައި ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް  ފާޙަގަކޮށްފިއެވެ.

މިއަދު ދުވަހުގެ ހެނދުނު ފިނޭންސް މިނިސްޓްރީގެ ޕާކިން ލޮޓްގައި އެކަމަށް ވާނީ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ފިރިހެނުން ކުރާ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން އެ ހަފްލާގައި ވަނީ ހާއްސަ ކޭކެއް ފަޅާފައެވެ.

ފިރިހެނުންގެ ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން، އެމްޑަބްލިއުއެސްސީން ބުނެފައިވަނީ އެ ކުންފުނީގެ ފިރިހެން މުވައްޒަފުންނަކީ ވަރަށް ގިނައިރު ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. ކުންފުނިން ދޭ ބޮޑެތި ހިދުމަތްތަކުގައި ފިރިހެނުންގެ ހިއްސާ ވަރަށް ބޮޑަށް އެކުލެވޭކަން އެމްޑަބްލިއުއެސްސީން ވަނީ ފާހަގަކޮށްފައެވެ. ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ކުންފުނިން ރައްކާތެރިކަމާއި އެކު ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތުގައި ފިރިހެނުން މުވައްޒަފުންގެ ބޮޑު ހިއްސާއެއް ވާ ކަމަށެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީން ވަނީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އޭޑީކޭއާއި ގުޅިގެން ފިރިހެނުންގެ ހަކުރު ބަލި ހުރި މިންވަރާއި ލޭގެ ޕްރެޝަރު އަދި ލޮލުގެ ހާއްސަ ޗެކަޕް ކެމްޕޭނެއް ވެސް ބާއްވާފައެވެ. އޭގެ އިތުރުން ފިރިހެނުންގެ ބަރުދަނާ ގުޅޭ ގޮތުން ހަދާ ބޮޑީ މާސް އިންޑެކްސް ހެދޭނެގޮތް ބެލުމުގެ އިންތިޒާމްވެސް ކޭމްޕްގައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

https://twitter.com/MWSC_Official/status/1196631881535512579?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fsun.mv%2F127513

ފިރިހެނުންގެ ދުވަހާއި ގުޅިގެން އެމްޑަބްލިއުއެސްސީން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. ރައްޔިތުންނާއި ގުޅުން ހުރި ހިދުމަތްތައް ދޭއިރު އަބަދުވެސް މަސައްކަތް ކުރަނީ، އެއްވެސް ލަހެއް ނެތި އެ ހިދުމަތައް ފޯރުކޮށްދިނުންކަން ވެސް އެމްޑަބްލިއުއެސްސީން ވަނީ ފާހަގަކޮށްފައެވެ.

https://twitter.com/MWSC_Official/status/1196627500270411776

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: