ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބައްޕަ” އަކީ މުޅި އާއިލާގެ މޫނުބަލާ ލޯގަނޑެވެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މި ވަގުތީ ދުނިޔޭގައި ހަގީގީ ލޯބި ވާނަމަ އެއީ މަޔަކު ދަރިއެއްދެކެވާ ލޯބިކަމީ ޝަތްކެއް އޮތްކަމެއް ނޫނެވެ. އެ މަންމަގެ ހުލްގަކީ މި ދުނިޔެމަތީގައި ނަމޫނާއެކެވެ. އެ މަންމަގެ ކެތްތެރިކަމަކީ މިސާލެކެވެ. އެހެންނަމަވެސް، މަންމައެއްގެ ކުލުނުގެ ވާހަކަ އަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. އެ މަންމަގެ އޯގާތެރިކަމުގެ ވާހަކައާއި، އެ މަންމަގެ ގުރުބާނީގެ ވާހަކަ އަބަދުވެސް އަޑު އިވެއެވެ. ނުވަމަހާއި ދިހަ ދުވަސް ވާންދެން ބަނޑުއަޅާ ވިހޭ މައިމީހާ ތަހައްމަލްކުރި ވޭނުގެ މަތިން ހަނދާންކޮށްދޭ އިހުތިފާލުތައް ވަރަށް ގިނައެވެ. އެ މަންމައަށް ތަރާނާ އަދާކުރުން ލާޒިމުވާކަންވެސް ހަނދާންކޮށްދެވެއެވެ. މައިމީހާގެ މަޤާމަކީ އެއްވެސް ދަރިއެއްގެ ހަޔާތުން އިޔާދަކުރެވޭނެ މަޤާމެއް ނޫންކަން ތަކުރާރުކޮށް ބުނެދެވެއެވެ. އެހެންނަމަވެސް ބައްޕައެއްގެ ގުރުބާނީގެ ވާހަކަ ދެއްކެނީ މަދު ފަހަރެއްގައެވެ. އެ ބައްޕަގެ ހިތުގެ އިހުސާސްތައް ތަސައްވުރުކޮށްލެވެނީ މަދު ފަހަރެއްގައެވެ. އެ ބައްޕަގެ ޝުޢޫރުތައް އެނގެނީ އަދި އެއަށްވުރެ މަދު ފަހަރެއްގައެވެ.

މިއަދަކީ، ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހަށްވާ އިރު މިއަދަކީ މި ވާހަކަދައްކަން ރަނގަޅު ދުވަހެކެވެ.

ފިރިހެނަކު އަދާކުރާ މަޤާމުތައް ބައިވަރެވެ. އޭނާއަކީ ޒިންމާދާރު ދަރިއެކެވެ. . ބައެއްފަހަރު ހިންގުންތެރި ވެރިއަަކަށްވާއިރު، އަނެއްބައި ފަހަރު އޭނާއަކީ ހަރުދަނާ މުވައްޒަފެކެވެ. އެ ފިރިހެން މީހާއަކީ، ކޮންމެވެސް މީހެއްގެ ލޯބިވާފިރިއެކެވެ. ސަހަރޯވެރި، ބައްޕައެކެވެ. ކޮންމެވެސް މީހެއްްގެ ބޭބެއެކެވެ. ނުވަތަ އާއިލާގެ އެންމެން ލޯބިވާ ކޮއްކޮއެކެވެ. މިހުރިހާ ކަންކަމުގެ ތެރެއިންވެސް ފިރިހެނަކަށް އަދާކުރެވޭނެ އެންމެ އަގުހުރި މަޤާމަކީ ބައްޕައެއްގެ މަޤާމުކަމާއި މެދު ދެ ބަސްވެވޭކަށް ނެތެވެ.

ބައްޕައެއްގެ ޒިންމާ ދަރިއަކު ހޯދަން ވިސްނުމުގެ މާކުރިން ފެށެއެވެ. މާލީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވެސް އެ ދަރިފުޅަށް ދަތިވާނެ އެއްވެސް ކަމެއްވާކަށް ބައްޕައެއްނޭދެއެވެ. ދަރިއަކު ލިބޭ ކަމުގެ ޚަބަރަކީ ފިރިހެނެއްގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. އޭނާގެ ވިސްނުމާއި، ފިކުރާއި، ވަގުތު ހޭދަކުރާގޮތަށް ދާންދެން ބަދަލުވެގެންދެއެވެ. އެ ބައްޕަގެ ލޮލުގެ ފިނިކަމަކީ އެ ދަރިފުޅެބެ. މޭގެ ދިރުމަކީވެސް ހަމަ އެ ދަރިފުޅެވެ.

ދަރިފުޅަށް ބަލިވެ އިންނަ ހިސާބުން ފަށަމާ ހިނގާށެވެ. އާންމުކޮށްދެއްކެނީ، ބަލިވެ އިނީއްސުރެ އެތައްރެއެއްގެ ނިދިން މަހުރޫމްވެގެން މައިމީހާ އުފުލި ތަކުލީފުތަކުގެ ވާހަކައެވެ. އެހެންނަމަވެސް އެ މަންމައަށް ނުނިދުނު ރޭރޭ ބައްޕަވެސް މަންމައާއި އެކު ހޭލާހުއްޓެވެ. އަންނަން އުޅޭ “ކުޑަ ކުޑަ އުފަލުގެ ޚަބަރުގެ” އިންތިޒާރުގައި އެ ބައްޕަގެ ނިދިވެސް އެތައް ރެއަކު ނަގާލައެވެ. ހޮސްޕިޓަލަށް ވަގުތުން ވަގުތަށް ދިއުމުން ފަށައިގެން، އަނބިމީހާ ކާހިތްވާ ކެއުން ހޯދާ ދިނުމަކީ ފަހަރެއްގާވެސް އެ ބައްޕަޔަށް ބުރަ ކަމަކަށް ނުވެއެވެ. ވިހަން ކައިރިވުމާއިއެކު، މަންމަގެ އާހުގެ އަޑަށް ހޭލަން ތައްޔާރަށް ބައްޕަ ހޭދަ ކުރީ ލޮލަށް ހަމަނިދި ނާންނަ ފަދަ ދުވަސްތަކެކެވެ.

އެއީ ކައިރީގައި ހުންނަނަމައެވެ. ދިރިއުޅުން އާރާސްތުކޮށް މާދަމާ ރޯޝަންކުރަން ކުރަމުންދާ މަސައްކަތުގެ ގޮތުން، އެތައް މޭލެއް ދުރުގައިވެސް އެ ބައްޕަ އިންތިޒާރުކުރަމުން ދަނީ އެ ކުޑަކުޑަ ލޯބި ފުރާނައަށެވެ. ލޮލަށް ހަމަ ނިދި ނުލިބޭ އިރު ނިދީގައިވެސް އެ ލޯބިލޯބި ދަރިފުޅުގެ އުފާވެރި ހުވަފެންތައް ބަލާ ހިތްހަމަޖައްސާ ހަދައެވެ. އަނބިމީހާ ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށއް ކޮށްދިނުމަށް އެކިގޮތތްގޮތުން މަސައްކަތް ކުރަމުން ދަރިފުޅު ވިހާނޭ ދުވަހަށް ތައްޔާރުވެއެވެ.

ދަރިފުޅުގެ ރުއިމުގެ އަޑާއިއެކު އެބައްޕަގެ މުޅި ދުނިޔެ ބަދަލުކޮށްލައެވެ. ކޮފީއާއި، ކުޅުމަށް މަރުދިން ބައްޕަގެ ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކުރަން ބޭނުންވެއެވެ. އެ ދަރިފުޅުގެ ހުރިހާ ކަމެއް އެންމް ގާތުން ފެންނަން ބޭނުންވެއެވެ. އެ ދަރިފުޅުގެ ކޮންމެ އެދުމަކަށް އެންމެ ފުރަތަމަ އިޖާބަދޭ މީހަކަށް ވާން ބޭނުންވެއެވެ.

ވަރަށް ގިނަަ ފަހަރު ބައްޕަޔާއި މެދުގައި ކުރާ ޝަކުވާއެއް އޮވެއެވެ. އެއީ ބައްޕަ ދަރިފުޅާއި އެކު ވަގުތު ހޭދަ ނުކުރާކަމުގެ ޝަކުވާއެވެ. މިކަމުގެ ވެސް އަނެއް ފަރާތަށް ބަލާލުން މުހިންމެވެ. ހަގީގަތަކީ، ބައްޕައަކީވެސް ދަރިފުޅަށްޓަކާ ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުންނަ ފަރާތެކެވެ. ބައެއް ބައްޕައިން ދަރިފުޅާއި އެތައް މޭލެއް ދުރުގައި، ބަރު ހިތަކާއި އެކު މަސައްކަތްކުރަނީ ދަރިންގެ އުންމީދުތައް ފުރިހަމަކޮށްދިނުމަށެވެ. އެ ދަރިފުޅުގެ ކުރިމަގު އުޖާލާކުރުމަށެވެ. އެ ދަރިފުޅު އެންމެ ތުއްތުއިރުން ފެށިގެން މަތީތައުލީމާއި ހަމައަށް ކިޔެވުމުގައި ވެސް ދަތިތަކެއް ކުރިމަތިނުވެ ކުރިއަށް ދެވޭނެ މަގުކޮށައި ދިނުމަކީ އެ ބައްޕަގެ އުއްމީދެވެ. ލޯބިވާ ދަރިފުޅާއި ދުރުގައި ވަޒީފާ އަދާކުރުމަށްފަހު ގެއަށް ގިނަ ބައްޕައިންނަށް އާދެވެނީ ދަރިފުޅު ނިދާ ފަހުންނެވެ. ބައެއް ބައްޕައިންނަކީ ދެތިން ވަޒީފާ މެދު ނުކެނޑި އަދާކުރާ ފަރާތްތަކެވެ. ދަރިފުޅު ހޭލާ ހުންނައިރު ނުފެނުމުގެ އިތުރުން ދަރިފުޅު ފުރަތަމަ ހިނގި އިރާއި، ދަރިފުޅުގެ ފުރަތަމަ ބަސް ވެސް ގިނަ ބައްޕައިންނަކަށް ނީވެއެވެ. ދަރިފުޅު އެންމެ ފުރަތަމަ ބައްޕާއޭ ބުނާ އަޑުވެސް ނީވެއެވެ. އެ ހިތްދަތިކަން ފަރުޖައްސާލަން ދަރިފުޅުގެ އެންމެ ހިނިތުންވުމެއް ފުދެއެވެ.

އާއިލާގެ އެންމެން ބޭނުންވާ ކަންކަން ކޮށްދީ މުިހުތާދުތައް ފިލުވާ ދިނުމުގައި އެ ބައްޕަ އަވަދިނެތި އުޅެއެވެ. ވަރުބަލިކަމެއް ޝަކުވާކުރުމެއް ނެތިއެވެ. ލޯބިވާ ދަރިފުޅުގެ ހުރިހާ އުންމީދެއް ފުއްދައިދިނުމަށް އެ ބައްޕަގެ ޖާނު ހިބައިން ދޭންވެސް ފަސްނުޖެހެއެވެ. ތިމަންނައަށް ނުވާނެ ކިޔާފަ ހުއްޓާނުލައެވެ. ބަލިވިޔަސް ބަލި އެނދުގަ އޮންނަނީ މަދު ފަހަރަކުއެވެ. އާއިލާގެ ދެން ތިބި މީހުން ސިއްޙަތު ދުޅަހެޔޮ ކުރުމަށް ބެނުންވާ ކަންކަން ފަހިކޮށްދިނުމަށް އަވަދިނެތި އުޅެއެވެ.

އެ ދަރިފުޅު ބައްޕަގެ ހިތަށް ލިބިދޭ ހިތްހަމަޖެހުމާއި އެއްވަރަށް ހާސްކަމެއްވެސް ގެނުވައެވެ. އެއީ ފުރާވަރުގެ ދަރިފުޅު މަގުން ކައްސާލަފާނެކަމުގެ ބިރަށްޓަކައެވެ. އަޑުގައި ހަރުކަށިކަން ބަހައްޓައިގެން ވާހަކަދެއްކި ނަމަވެސް އެ ބައްޕަގެ ހިތަކީ ދަރިފުޅަކީ ކަފަކޮޅެއްހާ ސާފު މަޑު އެއްޗެކެވެ. އެ ބައްޕަގެ ދުލުން ހާދަލޯބިވެއޭ ބުނާވަރު މަދުވެދާނެއެވެ. އެކަމަކު އެ ބައްޕަ ދަރިފުޅު ދެކެ އިންތިހާ ލޯބިވެއެވެ. ޝައްކެއްނެތެވެ. މަންމައަކީ ކޮންމެ އާއިލާއެއްގެ ވެސް ބިންގަލެވެ. އަދި ބައްޕަ އަކީ މުޅި އާއިލާގެ ތަނބެވެ. އާއިލާގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި، ބައްޕަގެ ދައުރު މުހިއްމުވެފައި ހައްސާސްއެވެ. އެ ބައްޕައަކީ މުޅި އާއިލާގެ މޫނުބަލާ ލޯގަނޑެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: