ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫނިޔަރ ކޮލެޖްތަކުގެ ބޭނުން ރާއްޖެއަށް ބޮޑު: ހަޔަރއެޑިއުކޭޝަން މިނިސްޓަރ

ހަޔަރއެޑިއުކޭޝަން މިނިސްޓަރ މަޖިލީހުގައި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫނިޔަރ ކޮލެޖްތައް އަޅާނީ، އެ ސަރަހައްދެއްގައި ހުރި ސިނާއަތްތަކަށް ވިސްނައިގެން ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް،މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން އާއި ކުރައްވި ސުވާލަށް ޖަވާބުދެއްވުމަށް ފަހު މެމްބަރުން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރިޔާޒް ކުރައްވާފައިވާ ސުވާލަކީ، 2019ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ، ތ.ތިމަރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީހާއި މެދުގައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން، އެމަނިކުފާނު ވިދާޅުވީ، މވަގުތު ރާއްޖޭގައި ޖޫނިޔާ ކޮލެޖެެއް އުފެއްދުމަށް އުސޫލެއް ނެތް ކަމަށެވެ.

ރާއްޖޭގައި އޯލެވެލް ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީ ތައުލީމް އުނގެނެން ފުރުސަތު ލިބެނީ 35% ކުދިންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މަތީ ސާނަވީ ތައުލީމަށް އޮތް ފުރުސަތު އިތުރު ކުރަން ޖެހޭ ކަމަށާ، ޖޫނިއަރ ކޮލެޖެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރާނީ ރާއްޖޭގެ އެންމެ ގިނަ ބަޔަކަށް ފައިދާ ވާނެ ގޮތަށް ވިސްނައިގެން ކަމަށް މިނިސްތަރ ވިދާޅުވިއެވެ. ޖޫނިޔާ ކޮލެޖްގައި ބޭރުގެ ބަސްތައް ކިޔަވާދޭނެ ނިޒާމެއް ވެސް ގާއިމް ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ލޯނުދޭ އުސޫލަށް ބަދަލު ގެންނާނެ ކަމަށާ، އެ އުސޫލަށް ބަދަލުގެންނަން ބޭނުންވަނީ މިހާރަށް ވުރެ އިންސާފުވެރިކޮށް ލޯނު ދިނުމުގެ މަރުހަލާ ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު ލޯނު ދެނީ ވަކި ފެންވަރަކަށް ބަލައިގެން ކަމަށް ވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ދަރިވަރުންނަށް ލޯނު ލިބޭނެ މަގު ފަހިވެފައި ނެތް ކަމަށާ، އެކަމަށް ހައްލު ގެންނަން ޖެހޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: