ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމިކް މައިކްރޯ-ފައިނޭންސިން ޕްރޮޑަކްޓް ބީއެމްއެލްއިން ތައާރަފުކޮށްފި

ފޮޓޯ: ބޭންކު އޮފް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން އިސްލާމީ ޝަރީއަތަށް ތަބާވާ އެންމެ ފުރަތަމަ ”މައިކްރޯ ފައިނޭންސިން“ ޕްރޮޑަކްޓުގެ ތަފްސީލުތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން  އިއުލާނުކޮށްފިއެވެ. މިއީ ރާއްޖޭގެ މާލީ ބާޒާރުގައި މިވަގުތު ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ތައާރަފުކުރި ސްކީމެކެވެ.

ބީއެމްއެލްއިން މައުލޫމާތު ދިން ގޮތުގައި، މި ފައިނޭންސިންގެ ދަށުން 2.5 އިންސައްތައިގެ ރޭޓެއްގައި 100,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ސްކީމަކީ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ސްކީމެކެވެ. މީގެ އިތުރުން، ފައިނޭންސިން އަނބުރާ ދެއްކުމުގައި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު، މި ސްކީމަށް އެދި ހުށަހަޅާއިރު އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބޭންކުން ބުނެއެވެ.

މި ޕްރޮޑަކްޓާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ، ”ބީއެމްއެލްގެ އަމާޒަކީ ހުރިހާ އެންމެންނަށް އެކްސެސިބަލް މާލީ އިކޯސިސްޓަމެއް އުފެއްދުން،“ ކަމަށެވެ. އަދި އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ދާއިރާއިން ކުރިއަށް ދިއުމަކީ ބޭންކުން ފަހުރުވެރިވާ ކަމެއް ކަމަށާއި، މިއީ ރާއްޖޭގައި މީގެ ކުރިން ތައާރަފުކުރެވިފައިނުވާ ފަދަ އިންގިލާބީ ފައިނޭންސިންއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ފައިނޭންސިން ޚާއްސަކޮށްފައިވަނީ އާންމު އުސޫލުން ބޭންކުގެ ހިދުމަތްތައް ހޯދުމުގައި މާލީ ގޮތުން ދަތިތައް ހުރި ނުވަތަ ”އަންބޭންކަބަލް“ ފަރާތްތަކަށެވެ. މީގެ ތެރޭގައި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ދަތި ހާލަތްތަކުގައި ތިބި ފަރާތްތައް ހިމެނެއެވެ. ބޭންކުގެ މަގްސަދަކީ ނުރަސްމީ އިގުތިސޯދާއި ރަސްމީ ބޭންކިން ސިނާއަތާ ދެމެދު އޮތް ފަރަގު ކުޑަކޮށް، ޝަރީއާ ހަމަތަކުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ފައިނޭންސިން ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުވަރީ މަހު ހުޅުވާލާނެއެވެ. މި ސްކީމަށް އެދި ހުށަހެޅޭނީ ބޭންކުގެ ޝަރީޢާ ކޮމްޕްލައިންޓް ސަބްސިޑަރީ ކަމަށްވާ އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: