ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމްގެ ސުވާލެއް ރައީސް ނަޝީދަށް: ސެކިޔުލަރިޒަމް އާއި މެދު ކަންބޮޑު ނުވަނީތޯ؟

މެމްބަރު ޝިޔާމް މަޖިލީހުަގައި ވާހަކަދައްކަވަނީ: ފޮޓޯ ސަންގުޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ސެކިޔުލަރިޒަމް ކުރިއަރުވަން މަސައްކަތް ކުރާ ކަމަށާ އެކަމާއި ކަންބޮޑު ނުވަނީ ކީއްވެގެންތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ، ރާއްްޖޭގައި އޮތް ދީނީ ހައްދު ފަހަނައެޅުމަށް ހައްލު ގެންނަން ޖެހޭ ކަމަށް ރައްހިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ނިޒާމީ ނުކުތާއެއް ނަންގަވާ ވާހަކަދައްކަވަމުންނެވެ.

ޝިޔާމްވަނީ މަޖިލީހުގެ ރިޔާސަތުން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މަޖިލީހުގެ ރައީސް ބޭނުންވާ ވަކި މިސްރާބަކަށް މަޖިލިސް ގެންދަން އުޅުއްވާ ކަމަށް ތުހުމަތުކުރެއްވިއެވެ.

ޝިޔާމް އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ މިސްރާބަކީ ރާއްޖޭގެ އާ ހަގީގަތް ޤަބޫލުކުރުން ކަމަށާ، އެއީ ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތްތައް ތިބިކަން ޤަބޫލުކުރުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވުމުން ޝިޔާމް ވަނީ އަނެއްކާވެސް ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ.
ޝިޔާ ވިދާޅުވީ ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި އެބައޮތްކަން ޤަބޫލުކުރައްވާކަމަށެވެ.

އެހެންނަމަވެސް ލާދީނީ ފިކުރު ވެސް ރާއްޖޭގައި އެބައޮތް ކަމަށާ، ރާއްޖެއަށް ސެކިޔުލަރިޒަމް ގެންނަން ވެސް ބަޔަކު މަސައްކަތް ކުރާކަން ޤަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެކަމަކީ ވެސް ހައްދުފަހަނައެޅުން ކަމަށް ވާއިރު، އެކަމާއި މެދު ކަންބޮޑު ނުވާންވީ ކީއްވެގެންތޯވެސް ޝިޔާމް ސުވާލުކުރެއްވިއެވެ.

ޝިޔާމްއަކީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ފަރާތްތަކުގެ މަދު މެމްބަރުންގެ ތެރޭގައި ހިމެނޭ އެއް މެމްބަރެވެ. ޝިޔާމް ގެންދަވަނީ މަޖިލީސް ހިންގާ ގޮތާއި، ޖުޑީޝަރިއަށް މަޖިލީސް މެދުވެރިކޮށް ގެންނަ ބަދަލުތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވަމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: