ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ޕްރައިމަރީގައި 300 އަށް ވުރެ ގިނަ ކެންޑިޑޭޓުން!

ފޮޓޯ: އެޓޯލް ޓައިމްސް/އަނޫފު ޖުނައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކޮށް، އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

ވެރިކަން ކުރާ ޕާޓީން ނެރުނު އިއުލާނެއްގައިވާ ގޮތުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް ވާދަކުރާ 183 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 121 ކެންޑިޑޭޓުންނެވެ. ޕީއެންސީން ވަނީ ޕްރައިމަރީއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ، އެކަމަށް ހާއްސަ ކޮށްފައިވާ ނަމްބަރު 9323686 އަށް ގުޅައި އެކަން ހިއްސާކުރުމަށް އެދިފަ އެވެ.

ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެނީ

އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ މެނޭޖަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެފައި ވަނީ ހުރިހާ ދާއިރާއަކަށް ވެސް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. އަދި ޕްރައިމަރީއަކަށް ނުގޮސް ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުންނަށް ޕޯޓަލް މެދުވެރިކޮށް އެކަން ފެންނަން ހުންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ފަހަރުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ މީހަކު ނިސްބަތްވާ ރަށެއްގަ އެވެ. ފަލާހު ވިދާޅުވީ،

 ”ވަކި އެހެން ރަށެއްގެ ވޯޓުފޮއްޓެއް މާލެއަކު މި ފަހަރު ނުހުންނާނެ. އެ ބޭފުޅަކު ނިސްބަތްވާ ރަށަކަށް ވަޑައިގެންފައި ޕްރައިމަރީގައި ވޯޓުލާނީ،“ ކ

ޕީއެންސީން ލަފާކުރާ ގޮތުގައި މި ޕްރައިމަރީގައި ގާތްގަނޑަކަށް 26,000 މީހުން ވޯޓުލާނެ އެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ކޮންމެ ދާއިރާއަކުން 681 މީހުން އިންތިހާބު ކުރާނެ އެވެ. އެއީ ދެ އިންތިހާބުން ޖުމްލަ 1,362 މީހުންނެވެ.

ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް ދަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ. އެ ޕާޓީގެ ޕްރައިމަރީ އަންނަ މަހުގެ 16 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، 125 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: