ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެ ސަރަޙައްދަށާއި، މުޅި ރާއްޖޭގައި ފޯރުކޮށްދޭ ކަސްޓަމްސްގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މާފަރުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މާފަރު ކަސްޓަމްސް އިމާރާތުގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައި ކަމަށެވެ. އެގޮތުން އޭރު ނިމިފައިވަނީ މުޅި މަޝްރޫޢުގެ އެންމެ 30 އިންސައްތަ މަސައްކަތް ކަމަށާއި، ނަމަވެސް މިއީ އެންމެ އިސްކަންދީގެން ނިންމަންޖެހޭ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، މަސައްކަތް އަވަސްކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާވަމުންދާއިރު، ރާއްޖޭގެ އެހެން މައި ދޮރާށިތަކެކޭ އެއްފަދައިން އެ އެއަރޕޯޓުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ”ކަސްޓަމްސްގެ އެންމެ ބޮޑު އެއް ޒިންމާއަކީ މާފަރު އެއަރޕޯޓުން އެތެރެވާ މުދަލާއި ފަސިންޖަރުންނަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން،“ ވަޒީރު ވިދާޅުވިއެވެ.

ޚިދުމަތްތަކަށް ލިބޭނެ ލުއިފަސޭހަކަން

އައު އޮފީހާއެކު އެ ސަރަޙައްދުގެ ރައްޔިތުންނަށް ކަސްޓަމްސްގެ ގިނަ ޚިދުމަތްތަކެއް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އެގޮތުން އެކްސްޕޯޓާއި އިމްޕޯޓަށް ބޭނުންވާ ޑެކްލަރޭޝަންތައް ފުރުމުގެ ޚިދުމަތް މި އޮފީހުން ލިބޭނެއެވެ. މީގެ އިތުރުން ކުރިން މާލޭ އެއަރޕޯޓުން ނުވަތަ މާލޭ ޕޯޓުން އެތެރެވެގެން އައި މުދާ، މިހާރު ދުނިޔޭގެ އެހެން މަންޒިލްތަކުން ސީދާ މާފަރަށް ގެނެސް ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. ކަސްޓަމްސްއިން މަސައްކަތްކުރަންވާނީ ރައްޔިތުން އޮފީސްތަކަށް ގޮސް ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޮނުވޭނެ ފަދަ ޒަމާނީ މޮޑެލްއަކަށް ކަންކަން ތަރުތީބުކުރުމަށް ކަމަށް ވަޒީރު އިރުޝާދު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: