ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް: މިނިސްޓަރ އަސްވާޑު

ޝެއާރކޮށްލާ ކަހަލަދޯ؟

މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާޙިމް ވަހީދު އަސްވާޑް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޒުވާނުންގެ ގައުމީ ކޮންފަރެންސްގެ ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު އަސްވާޑް ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްޤީކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ޒުވާނުންނަކީ މުސްތަޤްބަލުގެ ލީޑަރުންނާއި ޤައުމުގެ ބަޠަލުންކަމަށާއި މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން މުސްތަޤްބަލުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމުކަމެއްކަމަށާއި އަދި މިއަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާއި އިޖްތިމާޢީ ސިފަތައް ލިބިގެންވާ ދީނަށް އަމަލުކުރާ އަޚްލާގު ރަނގަޅު، ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދައި ޤައުމަށް ހަވާލުކުރެވޭ ބަޔަކު އުފެއްދުމަކީ ކުރުން މުހިންމުކަމެއްކަމަށް އަސްވާޑް ވިދާޅުވިއެވެ.

ޒުވާން އުމުރުގައި ގިނަ ވަގުތު މަސައްކަތުގައި އުޅޭ ހިތްވަރުގަދަ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހޭނެ ގިނަ ޒުވާނުން އެބަތިބިކަމަށާއި އެފަދަ ޒުވާނުން ޤައުމަށް ބޭނުންވާކަން އަސްވާޑް ފާހަގަކުރެއްވިއެވެ. ވަޒީރު އަސްވާޑް ވިދާޅުވީ ޒުވާން ޖޯށާއި ބުންވަރުން މިއަދު ނުނެރުވުނު މުރާލިކަމެއް މާދަމާ ނުނެރެވޭނެކަމަށެވެ.

ޒުވާންކަމުގެ ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކީ ހަކަތައިން ގެއްލޭ ދުވަހެއްކަމަށާއި ކުރަން އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މާދަމާ ކުރެވޭނީ އެކަން ހާސިލްކުރަން މިއަދު ކުރާ މަސައްކަތަކުންކަމަށް ވިދާޅުވިއެވެ. އަދި ކަންނެތް ކަމުގައި ތިބެގެން ހާސިލްވާނެ އެކައްޗެއްވެސް ނެތްކަމަށާއި ތިމާގެ ކާމިޔާބާއި ނާކާމިޔާބު އޮތީ ތިމާގެ އަތުގައިކަމަށް ވަޒީރު އަސްވާޑް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: