ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މުވައްޒަފުން ހޯދުމުން ވޯކިންގ އިންޓަރވިއުއެއް މި އަންނަ ހަފްތާ ބަންދުގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި އީސީން ބުނީ މި ވޯކިންގ އިންޓަރވިއުތަކަކީ މިއީ ހާއްސަގޮތެއްގައި ޓާސްކްފޯސްގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އިންޓަވިއުތަކެއް ކަމަށެވެ.
އީސީން ބުނީ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކި ފޭސް ތަކަށް ބަހައިލައިގެން ކަމަށެވެ.
އީސީން ބުނެފައިވަނީ އިންތިހާބު ކައިރިވާ ވަރަކަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި 250 އެއްހާ މުވައްޒަފުން ލިބުނު ކަމަށާއި އެހެންނަމަވެސް އިތުރަށް 175 މުވައްޒަފުން ބޭނުންވާ ކަމަށް އީސީން ވަނީ ބުނެފައެވެ.
އެގޮތުން މަސައްކަތް ކުރުމަށް ހުރި އެކި ޕޯސްޓުތަކަށް ބަލާއިރު އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންނާއި، މެއިންޓަނަންސަ އޮފިސަރުން، ޑްރައިވަރުން ނާއި އަދި މަސައްކަތު މީހުން ބޭނުންވާކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން ކޮމިޝަނުން ވަނީ ވޯކިންގ އިންޓަރވިއުއަށް އަންނައިރު، ލިޔެކިޔުންތައް ގެނައުން މުހިންމުކަމަށާއި، އަދި ޑޮކިއުމެންޓުތަކުގެ ހާޑް ކޮޕީ ގެނެސްފިނަމަ އެތަކެތި ޕްރޮސެސް ކުރުމަށް ފަސޭހަ ވާނެ ކަމަށެވެ. އެގޮތުން ގެންނަން ޖެހޭ ޑޮކިއުމެންޓުތަކަށް ބަލާއިރު، އައިޑީކާޑު ކޮޕީއާއި، ސެޓްފިކެޓް ތަކުގެ ކޮޕީ، ވަޒީފާއެއް އަދާކުރާ ނަމަ އެތަނުން ދީފައިވާ ރިފެންސް ލެޓާރގެ ކޮޕީ ހިމެނެއެވެ.
މި އިންޓަރވިއު ކުރިއަށް ދާނީ 26 ޑިސެމްބަރުވާ ހުކުރު ދުވަހު ހުޅުމާލޭގައި ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ކަމަށެވެ. އަދި 27 ޑިސެމްބަރުވާ ހޮނިހިރު ދުވަހު ކަލާފާނު ސްކޫލުގައި ހަވިރު 4:00 އަކުން ރޭގަނޑު 10:30އަށް ކަމަށެވެ.

