ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެރަޕީގެ ޚިދުމަތްދޭން 4.5 މިލިއަން ޚަރަދުކޮށްފި: އާސަންދަ

އައްޒާމް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ވާހަކަދައްކަަވަނީ : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅުދުންތެރިކަން ހުންނަ ފަރާތަތްކަށް ތެރަޕީގެ ޚިދުމަތް ދިނުމަށް މިހާތަނަށް 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އާސަންދައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަދައްކަވަމުން އާސަންދައިގެ ޗީފް އެގްޒެކިއުޓިވް އޮފިސަރ އިސްމާއިލް އައްޒާމް ވަޖީހް ވިދާޅުވީ މިހާތަނަށް، 169 ފަރާތަކަށް އެ ޚިދުމަތް ދީފައިވާ ކަމަށެވެ.

އެ ޚިދުމަތް ދިނުމުގައި ހޭދަވީ 4 މަސްދުވަހުގެ ތެރޭގައި ޚިދުމަތް ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތެރަޕީގެ ޚިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޚިދުމަތްދޭ ފަރާތްތައް މަދުވުން ކަމަށް އްނާ ވިދާޅުވިއެވެ.

  ތެރަޕީގެ ޚިދުމަތް ދިނުމަށް ހަމަޖައްސަން ޖެހޭ މާލީ ކަންކަން ހަމަޖެހިގެންދާ ކަމަށާ، ދިމާވާ މައްސަލައަކީ އެ ޚިދުމަތް ދޭ ފަރާތްތަކުގެ އަދަދު މަދުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގައި މެމްބަރުންވަނީ ތެރަޕީގެ ޚިދުމަތް ހަމަޖައްސާދެނީ، އެންސްޕާއިންތޯ އާސަންދައިންތޯ ސުވާލު އުފެދޭތީ މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ. އަދި ދެ ފަރާތުން އެ ޚިދުމަތް ދޭތީ ދަތިތައް ދިމާވާ ކަމަށާ، މިހާރު އޮތް ބަޖެޓަކީ އެކަމަށް އެކަށީގެންވާ ބަޖެޓެއްތޯވެސް މެމްބަރުން ސުވާލުކުރެއްވިއެވެ.

އައްޒާމް ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ މަރުހަލާގައި އާސަންދައާއި ވަަރަށް ރަނގަޅަށް މަޝްވަރާކުރިކަމަށެވެ. އައްޒާމް ވަނީ އެ ޚިދުމަތް ފެށިގެން އައިގޮތާއި، ޚިދުމަތް ޤާއިމްކުރުމުގައި ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ.

އައްޒާމް ވިދާޅުވީ 2018 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައިއިރު، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ ތެރަޕީގެ ޚިދުމަތް ކުރިން އާސަންދައިގެ ދަށުން  ނުލިބޭތީ، އެކަން ކުރާނެ ގޮތް ކަނޑައަޅަން މަސައްކަތް ކުރި ކަަމަށެވެ.

”އާސަންދައިގަ ރެޖިސްޓްރީ ކުރީމަ، ޚަރަދު އެންސްޕާއިން ހަމަޖއްސާދޭ ގޮތަށް ފެށުނީ، އާސަނދައިން ކަވަރކުރަނީ އިންސައްތައެއް. އެ އިންސައްތައަކީ އެކަށީީގެންވާ އިންސައްތައަކަށްވާން ޖެހޭ މި ކޭސްގަ. ތެރަޕީއަށް ޝައުގުވެރިކަން ފާޅުކުރީ ހަމައެކަނި ދެ ފަރާތް، އޭގެ ތެރެއިން އެންމެ ތަނަކުން ރެޖިސްޓްރޭޝަން އާއި ހަމައަށް ދިޔައީ“

މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ: ފޮޓޯ މަޖިލިސް

އާސަންދައިން ބެލިބެލުމަށް ފަހު، ތެރަޕީ ސަރވިސަސްގައި ހިމެނޭ ސިއްހީ ނޫން އެހެން ޚިދުމަތްތައް ވެސް ހިމެނޭގޮތަށް ތެރަޕީގެ ޚިދުމަތްދިނުން ކަވަރކޮށްފައިވާ ކަމަށް އޭނާވިދާޅުވިއެވެ.

މީގެ އިތުރުން، ކޭސްތައް އަންނަ ވަރަކަށް ތެރަޕީގެ ޚިދުމަތް ދޭ ތަންތަން ބަދަލުކުރަން ޖެހޭ ނަމަ އެކަމަށްވެސް ސަމާލުކަންދީގެން ޚިދުމަތް ދިނުމުގެ ކަންކަން ރާވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ތެރަޕީގެ ޚިދުމަތުގެ އަގު ކަވަރކޮށްދެނީ، ދައުލަތުން ޚިދުމަތް ލިބެންޏާ އެތަނަށް އިސްކަންދޭ އުސޫލުން ކަމަށާ، އެހީގެ ޕްރޮގްރާމަކީ ވަލްނަރަބްލް ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓްގައި ހޭލުންތެރިކުރުމަށް ހިމަނާފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: