ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.
ޖޭއެސްސީއިން އިއުލާނުކޮށްފައިވަނީ ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރަކާއި، ކްރިމިނަލް ކޯޓަށް އެއް ފަނޑިޔާރު ހޯދުމަށެވެ. އަދި މަގާމުގެ ޝަރުތުގެ ގޮތުގައި ކޮމިޝަނުން ބުނެފައިވަނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއި އެކު، ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.
އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަަލަށް ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓުގެ މަގާމަށް ކުރިމަތިލުމުގެ ލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޖޭއެސްސީން އިއުލާންކުރީ ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރުން ހޯދުމަށާއި ކްރިމިނަލް ކޯޓަށް އެއް ފަނޑިޔާރަކު ހޯދުމަށެވެ. އެ މަގާމުގެ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.
ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު 46،500ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު ދާދިފަހުން ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވެސް މިހާރު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.

