ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގާއި ސްޕާކް ހަބް ގުޅިގެން ކުރިއަށްގެންދިޔަ ”ޓެކް ސްޓާސް ސްޓާޓްއަޕް ވީކެންޑް“ ގެ ވަނަތައް ހޮވައިފި

ސްޓާޓްއަޕް ވީކެންޑުގެ އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ ފިޝް ބިޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގާއި ސްޕާކް ހަބް ގުޅިގެން ކުރިއަށްގެންދިޔަ ”ޓެކް ސްޓާސް ސްޓާޓްއަޕް ވީކެންޑް“ ގެ އެއްވަނަ، މަސްވެރިކަމަށް ހާއްސަ ވެބްސައިޓެއް އުފެއްދި ”ފިޝް ބިޑް“ އަށް ލިބިއްޖެ އެވެ.

މި ހަރަކާތުގައި 51 ބައިވެރިންގެ މެދުގައި 11 ހިޔާލެއް ކަނޑައަޅައި ޓީމުތައް ވަނީ ބަހާފަ އެވެ. މި ހަރަކާތަކީ އަލަށް ފަށާ ވިޔަފާރިތަކަށް ތަޖުރިބާކާރުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރާކާތެެކެވެ.

މިއީ ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތެއްކަންވެސް ފާހަގަކޮށްލެވެއެވެ. މުތަކުގެ ތެރެއިން އެންމެ މޮޅު ޓީމުތައް ހޮވާފައިވަނީ ވިޔަފާރީގެ ދާއިރާގެ އިސް ބޭފުޅުންގެ ޖަޖިން ޕެނަލަކުންނެވެ.

މި ޕެނަލްގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އާއި ދިރާގުގެ ޑިރެކްޓާ ޑިޖިޓަލް ޓްރާންސްފޮމޭޝަން މުހައްމަދު މުއްސަދު އާއި އިނާ މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް އާއި ޓެކް ތަޖުރިބާކާރު ހާމިދު ޝަފީއު ހިމެނެ އެވެ.

މަސްވެރިންނާއި މަސް ގަންނަން ބޭނުންވާ މީހުން އެއް ޕްލެޓްފޯމަކަށް ގެނެސްދޭ ފިޝް ބިޑް އަކީ، މަސްވެރިންނަށް ހާއްސަ އޮންލައިން ”މާރުކޭޓެއް“ ގެ ގޮތުގައި ފިޝްބަޑްއިން ވަނީ ފާޙަގަކޮށްފައެވެ.

ހަރަކާތުގެ ދެވަނަ ލިބިފައިވަނީ ”ބޭބީ ސިޓާސް“ އާއި ބެލެނިވެރިން އެއްތަނަކުން ގުޅުވާލަދޭ ”ދަ ސިސްޓާސް ކްލަބް“ އަށެވެ. އަދި ތިންވަނައަށް ހޮވިފައިވަނީ ޒުވާނުންނާއި ކުޅިވަރު ގުޅުވާލަދިން ހާއްސަ ޕްލެޓްފޯމް ”އަމްޕަޔާ“ އަށެވެ.

ހަރަކާތުގައި ވަނަވަނައަށް އައި ފަރާތްތަކާއި ގުޅޭގޮތުން ދިރާގުން ބުނެފައިވަނީ އެ ކުންފުނިތަކަށް ވިޔަފާރި ފުޅާ ކުރުމާއި ހިންގުމަށް ދިރާގުގެ އިންޓަނެޓް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން 2020 ވަނަ އަހަރު ސްޕާކް ހަބްއިން ބާއްވާ ”ސްޓާޓް އަޕް ސަމިޓް“ ގައި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ތިން ކުންފުންޏަށް ވެސް ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ވަނީ ފިޝް ބިޑްއަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކުގައި ވެސް ކުންފުނީގެ އުފެއްދުންތައް ދައްކާލުމަށް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ލަންކާގައި ބާއްވާ ސްޓާޓް އަޕް ކޮންފަރެންސް ކަމަށްވާ ”ޑިސްރަޕްޓް އޭޝިއާ“ ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: