ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު: ޑރ. އައިޝަތު އަލީ

ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު: ޑރ. އައިޝަތު އަލީ - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެ ދިޔަ އަަހަރުތަކާއި އަޅާބަލާ، ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު މަސައްކަތެއް ކުރެވިފައިވަނީ މި އަހަރުކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިމި، ސްކޫލު ދަރިވަރުންނަށް މިއަދު ވަނީ ރިޕޯޓު ފޮތް ދީފައެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުން ޗުއްޓީއަށް ދާއިރު މި ފަހަރުގެ ބޮޑު ޗުއްޓީއަށް 51 ދުވަސް ލިބޭނެ އެވެ. އަދި އަންނަ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ޓީޗަރުން ސްކޫލުތަކަށް ރިޕޯޓުކުރަން ޖެހޭނީ ހަތެއް ޖެނުއަރީގަ އެވެ. މިއަހަރު ގްރޭޑު 1 އިން 12 އާ ހަމައަށް 73،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމް ހާސިލުކޮށްފައެވެ.

އެޑިއުކޭޝަނުން މިނިސްޓްރީއިން ބުނެފައިވަނީ މި އަހަރު ފެށުނު އިރު، ސްކޫލްތަކުގައި 9،800 މުދައްރިއްސުން ހަރަކާތްތެރިވި އެވެ. މީގެތެރެއިން 7،900 މުދައްރިސުންނަކީ ދިވެހި މުދައްރިސުން ކަމަށާއި ބިދޭސީ މުދައްރިއްސުންގެ ގޮތުގައި މިއަހަރު ރާއްޖޭގެ ސްކޫލްތަކުގައި ހަރަކާތްތެރިވީ 1900 މުދައްރިސުންނެވެ. ސްކޫލްތައް މިއަދު ބަންދުވި އިރު މިއަހަރަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތަށް ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސިފަ ކުރައްވާފަ އެވެ.

2019 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމުމާއި ގުޅިގެން، މިނިސްޓަރ ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ އަހަރު ނިމުނުއިރު ސަރުކާރުގެ ލަނޑުދަނޑިތަކާއި އަމާޒުތައް ހާސިލްވީ ކަމަށެވެ. އަދި ވޭތުވެ ދިޔަ އަަހަރުތަކާއި އަޅާބަލާ، ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު މަސައްކަތެއް ކުރެވިފައިވަނީ މި އަހަރު ކަމަށެވެ.

ދިރާސީ އަހަރު ނިމުމާ ގުޅިގެން މިނިސްޓަރު ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ލަނޑުދަނޑިތައް މިއަހަރުގެ ތެރޭގައި ހާސިލްވި ކަމަށެވެ. އެގޮތުން އެއް އަހަރެއްގެ ތެރޭގައި ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރީ މިއަހަރު ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ސްކޫލުގެ މުދައްރިސުންގެ އިލްމީ ގާބިލުކަމާއި، ފަންނީ ހުނަރު އިތުރު ކުުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާޙަގަކުރައްވާ ޑރ. އައިޝަތު ވިދާޅުވީ މިއަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމްތަކުގެ ސަބަބުން ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބުނު ކަމަށެވެ. މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުކަމަށްވާ ސްކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމާއި ގުޅޭގޮތުން ޑރ. އައިޝަތު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ނާސްތާ ޕްރޮގްރާމް ހުރިހާ ސްކޫލެއްގައި ވެސް ކުރިޔަށް ގެންގޮސްފައިވަނީ ކާމިޔާބުކަމާއި އެކު ކަމަށެވެ. ނާސްތާ ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާކަން ވެސް މިނިސްޓަރގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: