ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހުސްކޮށް އޮތް ތިން މަގަމާއަށް އައްޔަން ކުރާނެ ބޭފުޅުޅުން ކަނޑައެޅުމަށް ފަނޑިޔާރުކަަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ބެންޗުން މިވަގުތު ހުސްކޮށް އޮތް ތިން މަގާމަށް އައްޔަންކުރާނެ ބޭފުޅުން ކަނޑައެޅުމަށް، މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ނަންތައް ޖޭއެސްސީއިން ރައީސަށް ލަފާ އެރުވާނެއެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރަށް ރައީސަށް ފެނިވަޑައިގަންނަވާ ނަމެއް، ޖޭއެސްސީގެ ލަފަޔަކަށް އެދި ފޮނުވުމުގެ އިހްތިޔާރު ވެސް ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުގެ ދަށުން ވަނީ ލިބިދީފައެވެ.

ކޯޓުގެ ފަނޑިޔާރުކަމަށް ދާދިފަހުން އައްޔަން ކުރެއްވި ތިން ފަނޑިޔާރުންނަކީ ވެސް ރައީސް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދީފައިވާ ބޭފުޅުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނުގައި ޖޭއެސްސީއިން ބުނެފަިއވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނެ ބޭފުޅުންނާއި މެދު ރައީސަށް ލަފާ އެރުވުމަށްޓަކައި އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި އެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ އުމުރުން 30 އަހަރު ވެފައިވުމާ އެކު އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 70،000ރ. ލިބިވަޑައިގަންނަވާއިރު، ކޮންމެ ފަނޑިޔާރަކަށް ކާރުކޮޅަކާއި ސެކިއުރިޓީ އަދި އެހެނިހެން އިތުރު އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވާނެ އެވެ.

ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްކޮށް އޮތްއިރު، އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސަސްޕެންޑުކޮށް އޭނާ ވެސް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޣަނީގެ އިތުރުން އެ ކޯޓަށް ދާދިފަހުން އައްޔަން ކުރެއްވި ތިން ބޭފުޅުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މިވަގުތު ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: