ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް 2 އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ އިނާޔަތްތަކަކާއި ބޮޑެތި ލުއިތަކެއް ދެއްވާނެ ދެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ޙައްލެއް

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. މިގޮތުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މީރާ، ކަސްޓަމްސް، ޕޯޓް އަދި އެއަރޕޯޓް ފަދަ މުއައްސަސާތަކާ ގުޅިގެން ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްތަކެއް ކުރާނެއެވެ.

”ކުރިއަށްއޮތް 2 އަހަރަކީ ވިޔަފާރިވެރިން ހުށައެޅި މައްސަލަތަކާއި އަދި ހަމަ ސަރުކާރުގެ ފަރާތުން އިސްވެ ކުރާ ކަންކަންވެސް އެޑްރެސް ކުރެވިގެންދާނެ 2 އަހަރު،“ ވަޒީރު ވިދާޅުވިއެވެ.

މި ނިންމެވުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލީ އެހީތެރިކަމާއި ލޯނު ސްކީމްތައް

އިޤްތިޞާދީ ވަޒީރު ހާމަކުރެއްވި ގޮތުގައި، އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. ފާއިތުވި ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 10 ދާއިރާއަކުން 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި އަންހެނުންނަށް ޚާއްޞަ ލޯނުތަކާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން އެކި ބިލްތަކަށް 13 ބިލިޔަން ރުފިޔާ ދައްކާފައިވާއިރު، އޭގެ ތެރެއިން 5 ބިލިޔަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައްކާފައިވާ ފައިސާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޑޮލަރުގެ ލުއިތަކާއި ހޭލުންތެރިކުރުން

ކުދި ވިޔަފާރިތަކަށް ޓީޓީ ހެދުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް މެދުވެރިކޮށް ދޭ ޑޮލަރުގެ ސަޕޯޓް މިހާރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ބިލްގެ ކުޑަބޮޑުމިނަށް ބަލައި %15 އާއި %50 އާ ދެމެދުގެ މިންވަރަކަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރަމުންދެއެވެ. އަދި ޓެކުހާ ގުޅޭ މަޢުލޫމާތު ދިނުމަށް މީރާއިން މާލެ ސަރަޙައްދުގެ 2291 ކުދި ވިޔަފާރިއަކަށް ޒިޔާރަތްކޮށްފައިވާކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: