ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

241 ކޮމިޓީ ހޫނުވެ، ”ގަމާރަށް“ ވެސް ގޮވައިފި!

މަޖިލީހުގެ 241 ކޮމެޓީ ހޫނުވެ، ބޮޑު ޒުވާބަކަށް: ފޮޓޯ- އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާއި ގުޅޭ ގޮތުން މަރު ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ދިރާސާ ކުރުމަށް ބޭއްވި  ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމެޓީގެ  ބައްދަލުވުން ހޫނުވެ، ބޭއަދަބީ ބަސްތައް ބޭނުން ކުރައްވައިފިއެވެ. 

ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައްޔާއި އަދި އިދިކޮޅު މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަކަސް ބޭއަދަބީ ބަސްތައް ބޭނުން ކުރައްވާފައި ވަނީ ޓީވީތަކުން ކޮމެޓީ ވަގުތުން ދުރަށް ދައްކަމުން ގެންދަނިކޮށެވެ. 

އާންމުގޮތެއް 241 ކޮމެޓީއަކީ ސިއްރުކޮށްގެން ކުރިއަށް ގެންދާ ކޮމެޓީއެއް ނަމަވެސް ޑރ އަފްރާޝީމްގެ މަރުގެ ތަހުގީގުގެ ރިޕޯޓް ދިރާސާ ކުރި ކޮމެޓީ ލައިވް ކުރުމަށް ކޮމެޓީން ނިންމީ ރިޕޯޓުގެ މަސައްކަތްތައް 241 ކޮމެޓީގެ ސަބްކޮމެޓީން ކުރިއަށް ގެންދިޔަ ގޮތާއި ބެހޭ ގޮތުން މީޑިއާގައި ރައްޔިތުންގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކުރުމަށް ކަމަށް ބުނެއެވެ. 

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ގުޅޭ ގޮތުން، މަރު ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ދިރާސާ ކުރި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމެޓީން  ފާސްކުރި ރިޕޯޓުގެ މައްސަލާގައި އިދިކޮޅު މެމްބަރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. 

ރިޕޯޓާއި ގުޅިގެން  ބޭއްވި އެ ކޮމެޓީގެ ބައްދަލްވުމުގައި މެންބަރުންގެ މެދުގައި ބަހުގެ ހޫނު  ހަމަލާތަކެއް ބަދަލު ކޮށް، އެއް ބޭފުޅަކު އަނެއްބޭފުޅަށް ވަނީ ”ގާމާރަށް“ ގޮވާފައެވެ.

ކޮމެޓީ ބައްދަލްވުން ހޫނުވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަދައްކަވަމުން ގެންދަވަނިކޮށް، ކޮމިޓީގައި ވެސް ހިމެނިވަޑައިނުގަންނަވާ މެމްބަރެއްކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، އާޒިމްގެ ވާހަކަތަކަށް ހުރަސްއެޅުމާއި ގުޅިގެންނެވެ. ޝިޔާމްވަނީ އާޒިމް ކޮމިޓީގައި ދައްކަވަނީ ”ކަނޑައެޅިގެން ދޮގު“ ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ 241 ކޮމިޓީ ހޫނުގަދަ ޒުވާބަކަށް – ފޮޓޯ: ސަންގު

ޝިޔާމް އަޑުގަދަ ކުރައްވާ ކޮމިޓީ ރިޕޯޓަކީ ބޮޑު އޮޅުވާލުމެއްކަަމަށް ވިދާޅުވާން ފެށުމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ޝިޔާމްއަށް ރައްދު ދެއްވާފައެވެ. ޒުވާބު ހޫނުވެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި، އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ރިޕޯޓު ފާސްކޮށްފައިވަނީ ”ޝިޔާމްގެ ޕާޓީ ކުދިންވެސް ތިބެގެން“ ކަމަށް ވިދާޅުވެފައެވެ.

މެންބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރެވި މެންބަރުންގެ މެދުގައި އަރާރުންވުން ބޮޑުވުމުން، މެމްބަރުން ހަމަޖެއްސޭތޯ މަސައްކަތް ކުރެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއެވެ. އެހެން ނަމަވެސް، ހުއްޓުމެއް ނެތި ހުރިހާ ބޭފުޅުންވެސް ވަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ. އަދި ކޮމެޓީގެ ރިޕޯޓަކީ މަޑުއްވަރީ  ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވޯޓް ދެއްވައިގެން ފާސްކުރައްވާފައިވާ ރިޕޯޓެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ބަހުސް ހޫނުގަދަ ވަމުންދިޔަ ވަގުތު، ޒުވާބުގައި ބައިވެރިވަޑައި ނުގެން އިންނެވި އާދަމް ޝަރީފްވެސް ޒުވާބުގައި ބައިވެރިވީ ކުއްލި ގޮތަކަށެވެ. އިވާއާއި ޒުވާބު ކުރައްވަން ފައްޓަވާ އާދަމް ޝަރީފް ވިދާޅުވީ ”ވޯޓުގައި ބައިވެރި ނުވާ“ ކަމަށެވެ. އީވާ ވަނީ ތަކުރާރުކޮށް ސަބް ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ފަރާތްތަކަށް ކަމަށާއި އެ ފާސްކުރީ އިދިކޮޅު މެންބަރުން ވޯޓު ދެއްވައިގެން ކަމަށް ވިދާޅުވެފައެވެ. އަދި މެމްބަރު އިލްޔާސް ވެސް ވަނީ، ރިޕޯޓު އަތައް ނަންގަވާ ”މި ރިޕޯޓު ފާސްކުރުމަށް“ އިދިކޮޅުން ވޯޓު ދިންކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވައި ހައްދަވަނީ ރައީސް އަބްދިﷲ ޔާމީން ވިދާޅުވެގްން ކަމަށް ވެސް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން އުހުމަތު ކުރެއްވިއެވެ. 

ޝިޔާމްއަކީ ކޮމިޓީގައި ހިމެނވަޑައި ނުގަންވާ މެމްބަރަކަށްވާތީ އާޒިމް އާއި ހަސަން ލަތީފް ވަނީ ޝިޔާމް އާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ކޮމިޓީން ނިކުމެވަޑައިގަތުމަށް ގޮވާލާފައެވެ. އެހެން ނަމަވެސް، ޝިޔާމް ވިދާޅުވީ ”އެހެން ބޭރެއް ނުކުރެވޭނެ“ ކަމަށެވެ. ކޮމިޓީ ދޫކޮށް ނިކުމެވަޑައިގަތުމަށް ގޮވާލާވެސް މެމްބަރުންގެ މެދުގައި ޒުވާބު ކުރިއެވެ.

ޝިޔާމް ދައްކަވަމުން ދިޔަ ވާހަކަތަކަށް ރައްދު ދެއްވައި އީވާ ވަނީ އިދިކޮޅު ދެ މެންބަރު ބައިވެރިވެ ވަޑައިގެން ވޯޓު ދެއްވިކަން ޔައުމިއްޔާގައި ފެންނަން އެބަ އޮތް ކަމަށާއި އިދިކޮޅުން މިހާރު މަސައްކަތްކުރަނީ ސިޔާސީ ފައިދާ ނަގަން ކަމަށް ވިދާޅުވެފައެވެ. އީވާގެ ވާހަކަތަކަށް އާދަމް ޝަރީފް އެއީ އޮޅުވާލުމެއްކަމަށް ވިދާޅުވާން ފެށުމުން އީވާ ވަނީ ”މަޑު މަޑުން ހުންނެވި ބޭފުޅާ، ކުއްލި ގޮތަށް ފުންމައި ތެދުވީ ކާކުގެ އޯޑަރަށްތޯ“ ސުވާލު ކުރައްވާފައެވެ. އަދި އީވާ ވިދާޅުވީ އާދަމް ޝަރީފަކީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން މަޖިލީހަށް ސިފައިން ވެއްދި ބޭފުޅެއް ކަމަށާއި އާދަމް ޝަރީފު ދައްކާ ވާހަކައެއް ގަބޫލު ކުރާނެ މީހެއްވެސް ނުހުންނާނެ ކަމަށެވެ. 

މަޖިލީހުގެ 241 ކޮމިޓީ ހޫނުގަދަ ޒުވާބަކަށް — ފޮޓޯ: ސަންގު

އީވާ ވަނީ ޝިޔާމް އާއި އާދަމް ޝަރީފަށް އަމާޒު ކުރައްވާ ރިޕޯޓު އައުމާއި އެކީ ބިރުން އުޅެނީ ކީއްވެގެންތޯ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައްދުގައި ޝިޔާމް ވިދާޅުވީ ރިޕޯޓު ތައްޔާރު ކުރީ ހަސަން ލަތީފު ކަމަށާއި، އެއީ އެކަނިމާއެކަނި ގޭގައި ހުރެގެން ލިޔުނު ރިޕޯޓެއް ކަމަށެވެ. އަދި ރިޕޯޓުގައި ވަނީ ރައީސް ނަޝީދުގެ ހިޔާލީ ވާހަަކަތަކާއި ޕްރޮޕޮގެންޑާއެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަލަފް ޖަމިއްޔާ ހިމެނޭ ގޮތުން، ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާއަތްތަކަށް ފިޔަވަޅު އަޅަން ލަފާ ދީފައިވާ ހުށަހެޅުމުގެ މައްސަލަ ހޫނުވުމުން ބޭއްވި ބައްދަލުވުމުން ހަމައަކަށް އެޅި، އަލުން ފެށީ ރިޔާސަތުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް އިންނަވައިގެންނެވެ. ނަމަވެސް ޒުވާބު ހޫނުވެ ބަހުގެ ހަމަލާތައް ބަދަލުކޮށް އޭގެ ފަހުން ރިޔާސަތު ބެލެހެއްޓެވީ ހުސެން މުހައްމަދު ލަތީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: