ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި އެތެރެ ކުރަން އުޅުނު ޑްރަގުގެ، މަގުމަތީ އަގު 30 މިލިއަނަށް އަރާ

ކަސްޓަމްސް އިން އަތުލައިގަތް ހަޝިޝް އޮއިލް ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޗޮކްލެޓް ސިރަޕްޕުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މި މައްސަލައިގެ މައުލޫމާތުތައް ހިއްސާކޮށް ކަސްޓްމްސްއިން ބުނީ، މި ޝިޕްމަންޓު ބަލައިފާސްކުރީ ޝައްކު ކުރެވޭ ބައެއް ކަންތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެތަކެތި ސްކޭންކޮށް، ޓެސްޓު ކުރި ފުރަތަމަ މަރުހަލާފައި ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ދިނެވެ. ހަޝިޝް އޮއިލްއަކީ، ކެނެބިސްގެ ބާވަތެކެވެ.

ބަރުދަނުގައި 40 ކިލޯ ހުރި މިތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ވަނީ ލަފާކޮށްފަ އެވެ.

މިތަކެތި ފޮރުވާފައި ހުރީ، ޗޮކްލެޓް ސިރަޕްގެ 10 ފޮށިގަނޑުގައި ބަންދުކޮށް ފޮރުވައިގެންނެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި ކޮންމެ ފުޅިއެއްގައި ވެސް 1.10 އަދި 1.14 މިލިމީޓަރާއި ދެމެދުގެ މިންވަރަކަށް ހަޝިޝް އޮއިލް ހުއްޓެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަން ދައުލަތުގެ މީޑިއާއިން ގެނެސްދީފައި ވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދާދިފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ދިވެހިންތައް ބޭރުގެ ގައުމުތަކުގައި ގާއިމުވެތިބެގެން ރާއްޖެއަށް އޮޅުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރާކަން ހާމަކޮށްފަ އެވެ. އެއާރ ކާގޯ ނުވަތަ ސީ ކާގޯ މެދުވެރިކޮށް މަސްތުވާތަކެތި އެތެރެ ކުރަނީ ބަދިގެ ސާމާނުތައް ނުވަތަ ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތީގެ ބާވަތެއްގައި ފޮރުވައިގެންނެވެ.

މިގޮތަށް ފާހަގަކުރެވޭ ބައެއް ގައުމުތައް ހުރިއިރު، މި މައްސަލަތައް ބަލައި ތަހުގީގުކޮށް ރެޑް ނޯޓިސް ނެރެގެން ނަމަވެސް އެ މީހުން ރާއްޖެ ގެންނާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް މިފަހުން ގެނައި އިސްލާހާއި އެކު، 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެ އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކުށް ސާބިތުވާކަމަށް ހުކުމް ކުރުމުންނެވެ. އިއްތިފާގުން މަރުގެ ހުކުމް އިއްވާނަމަ، އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: