ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހަކަށް އިންޒާރުދީ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހަކަށް އިންޒާރުދީ މާރާމާރީ ހިންގި 3 މީހަކު ފުލުހުންގެ އިދާރާއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، 2025 ޑިސެމްބަރު 23 ވަނަ ދުވަހުގެ ހަވީރު، 16:15 ހާއިރު، މާލެ ސަރަހައްދުގެ، އިއްޒުއްދީން މަގާއި، ގަދަކޯޅު މަގާއި ގުޅެ ކަންމަތީ، ގްރޫޕު ހަދައިގެން ތިބި ބަަޔެކު ފާހަގަކުރެވުނު ކަމަށާއި، އެ މީހުންގެ އަމަލުތައް ހުރިގޮތުން އަދި ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވޭތީ، ބަލާފާސްކުރަން އުޅުނު ކަމަށެވެ.

އެހެންނަމަވެސް، އެ މީހުން ބަލައި ފާސްކުރަން މަސައްކަތްކުރަން އުޅެނިކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށްހުރަސް އަޅައި، އިންޒާރުދީ، ފުލުހަކަށް ހަމަލާދީ މާރާމާރި ހިންގިކަމަށެވެ. އެގޮތުން، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނިއެވެ.

މި މައްސަލައާއި ގުޅިގެން ވަނީ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭގެ ތެރޭގައި،ޏ. ފުވައްމުލައް، މިސްކިތް މަގު، ކީމީ، އަހުމަދު ރަޒީން (22އ) ،ޏ. ފުވައްމުލައް، ފުނާޑު، ނަމަން، ނާފިއު އިބްރާހިމް (30އ)އާއި ގދ. ވާދޫ، އިރާކުވިލާ، މުހައްމަދު ލުވޭޒް (19އ) އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހުމަދު ރަޒީން 4 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ނާއިފު އިބްރާހިމުގެ ބަންދަށް 2 ދުވަސް ވަނީ ޖަހައިފައެވެ. އަދި، މުހައްމަދު ލުވޭޒްއަށް ވަނީ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.

ފުލުހުން ބުނިގޮތުގައި، މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު ތިން މީހުންނަކީވެސް، މީގެ ކުރިން ފުލުހުންގެ ޖިނާއީ ކުށުގެ ރެކޯޑު ހުރި މީހުން ކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: