ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސް ކްލިއަރެންސް ސްކެޖިއުލްގެ ވަގުތު 18 ގަޑިއިރުން، 24 ގަޑިއިރަށް ބަދަލުކޮށްފި!

ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސް ކްލިއަރެންސް ސްކެޖިއުލްގެ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް އިތުރުކޮށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް މުޅި ދުވާލު ކުރިއަށްދާ ގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަދަލުކޮށްފިއެވެ. މި ބަދަލަށް މިހާރު އަމަލުކުރަން ފަށާފައިވާކަން ކަސްޓަމްސްއިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ (އެސްއެމްއީ) ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ކަސްޓަމްސްއިން މުދާ ކްލިއަރ ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ކުރުވުމުގެ ސަބަބުން އޮޕަރޭޝަނަލް ގޮންޖެހުންތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، ކްލިއަރެންސް ސްކެޖިއުލް 24 ގަޑިއިރަށް ބަދަލުކުރުމުގެ މައިގަނޑު މަގުސަދަކީ ކާގޯ ހެންޑްލިންގ ވަސީލަތްތަކުގެ ހިންގުން ހަރުދަނާކޮށް، ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމެވެ. މި ބަދަލުގެ ސަބަބުން މުދާ ނެރުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ނިންމުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް މަންފާކޮށް، އާ ވިޔަފާރިތައް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: