ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަޔާތް އަގުވަޒަން ކުރެވޭނީ ނިއުމަތެއް ގެއްލުމުން، ހުސްވަގުތު ބޭކާރު ނުކުރޭ: ހުތުބާ

ހަޔާތް އަގުވަޒަން ކުރެވޭނީ ނިއުމަތެއް ގެއްލުމުން، ހުސްވަގުތު ބޭކާރު ނުކުރޭ! - ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނާގެ ހަޔާތުގައި އޭނާއަށް ދެއްވާފައިވާ ގިނަ ގުނަ ނިއުމަތްތައް ވަޒަން ކުރެވެނީ އެ ނިއުމަތްތައް ގެއްލިގެން ދިއުމުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުސްވަގުތަކީ އިންސާނާ އެންމެ ބޮޑަށް ކަންނެތް ކުރުވައި، ދެއްވާފައިވާ ދުޅަހެޔޮކަން ނަގާލުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްކަން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހުސްވަގުތު ހޭދަ ކުރުމުގައި އިންސާނާ ފަރުވާކުޑަކޮށްފިނަމަ، އޭނާއަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށާއި އޭގެ ތެރޭގައި ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ނުވަތަ ސިއްހީ ގޮތުން ކަންނެތްކަމުގެ ޝިކާރައަކަށް އެމީހަކު ވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ.

ޒުވާނުންނަށް، އަމާޒުކޮށް ހުތުބާގައި ބުނެފައިވަނީ ޒުވާނުންނަކީ އެންމެ އަގުބޮޑު ރައުސްމާލު ކަމަށެވެ. މި އުއްމަތް ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ ބޭނުންތެރި އެއް ބަޔަކީ ވެސް ޒުވާނުން ކަމަށާއި އަދި މި އުއްމަތް ހެޔޮގޮތުގައި ދެމިއޮތުމަށް އެންމެ ބޮޑު ޒިންމާއެއް އެބައެއްގެ ކޮނޑުގައި އެޅުވިފައިވާ ބަޔަކީ ޒުވާނުން ކަމަށެވެ. އެހެންކަމުން ޒިންމާތައް ފުރިހަމައަށް އަދާކޮށް، ވަގުތުތައް ބޭކާރު ގޮތުގައި ނަގައިނުލުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިޔަށް އޮތީ ބޮޑު ޗުއްޓީއަށް ކަމަށްވާއިރު، ކޮންމެ ޒުވާނަކުވެސް ބޭނުންވާ ލަނޑުދަޑިތަކަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރުމަށް ލިބޭ އަގުހުރި ވަގުތަކީ ވެސް މިއީކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެއެވެ. ސްކޫލު، މަދަރުސާތަކުގެ ދިރާސީ އަހަރު ނިމި ސްކޫލުހެ ކިޔެވުން ބަންދުވެގެންދިޔައިރު މި ދުވަސްތަކުގައި ބޭނުންތެރި އަދި ފައިދާ ކުރުވަނި ކޮންމެ ވެސް މަސައްކަތެއް ދަސްކުރުމަށް ސަމާލުކަން ދިނުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ހުތުބާގައި ބުނެފައިވަނީ ޝައިތާނާގެ ގޮވާލުންތަކުގެ ތެރޭގައި ހިމެނޭ ހަވާ ނަފްސުގެ ނުބައި އެދުންތަކަށް ހެއްލި ބޭކާރު ކަންތަކާއި ބޭކާރު ވާހަކަތައް ދެއްކުމުގައި ވަގުތު ނަގާލުމުގެ ބަދަލުގައި އިސްލާމްދީން ހުއްދަކުރާ އަދި ދުނިޔަވީ ގޮތުން ފައިދާ ކުރުވަނި ކޮންމެވެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ނަސޭހަތްތެރިވާކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ އިންސީންނާއި ޖިންނީންގެ ތެރޭގައި އިންސާނާއަށް ވަސްވާސްދޭ ބަޔަކު އަބަދުވެސް އުޅޭކަން ކޮންމެ މީހަކުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަށެވެ. އެހެންކަމުން، މި ޗުއްޓީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ހުސްވަގުތުތަކުގެ ތެރޭގައި ކުރެވިދާނެ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ހުތުބާގައި ވަނީ ރަށުގައި، ހުރެގެން އާ މަސައްކަތެއް ވެސް ދަސްކުރެވިދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: