ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ހައްދުފަހަނައެޅުމާއި، ދީނަށް ގޮވާލުން އެއްކަމެއްގެ ގޮތުގައި ދެއްކުމަކީ ގޯހެއް“

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނުގެ ނަމުގައި ހައްދުފަހަނައެޅުމާއި އަދި ދީނަށް ގޮވާލުން އެއްކަމެއްގެ ގޮތުގައި ދެއްކުމަކީ ގޯހެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ޖަމިއްޔަތުއް ސަލަފަށް ތުހުމަތުތަކެއްކޮށް، އެ ރިޕޯޓާ ގުޅިގެން ސަލަފަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލައްވާފައި ވަނިކޮށެވެ. ޖަމިއްޔަތުއް ސަލަފަކީ ދީނީ އިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން ހިންގާ ޖަމިއްޔާ އެކެވެ. އެކަމަކު އިމްރާންގެ ވާހަކަ އަމާޒު ކުރެއްވީ ސީދާ ކޮން ބަޔަކަށް ކަމެއްސާފެއްނުވެއެވެ. 

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ސައްހަ އަގީދާ ބަޔާންކޮށް، އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިޔަތެއް ކަމަށެވެ.

”އިސްލާމްދީނުގެ ސައްހަ އަގީދާ ބަޔާންކޮށް، އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް. އިސްލާމްދީނުގެ ނަމުގައި ހިންގާ ހައްދުފަހަނަޅާފައިވާ އަމަލުތަކާއި ދީނުގެ ހައްގު ދައުވަތުގެ މަސަައްކަތް އެއީ އެއްކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް،“ މިއަދު ކުރެއްވި ޓްވީޓެއްްގައި އިމްރާން ވިދާޅުވި އެވެ.https://twitter.com/ShimranAb/status/1197836677869264896?ref_src=twsrc%5Etfw

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ޓެރަރިޒަމް އަށް ވާގިދޭ ކަމަށް ބުނެ ރާއްޖޭގައި ހިންގާ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފްއާ މެދު ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ސަލަފް ޖަމާއަތަށް ފިޔަވަޅު އަޅަން މަޖިލީހުން މަސައްކަތް ކުރާއިރު، މިދިޔަ ހަފްތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ސަލަފް ޖަމިއްޔާ އުވާލުމަށް ވެސް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: