ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގެ ހިދުމަތުން މިހާތަނަށް ލިބުނީ 282 މިލިއަން ރުފިޔާ: ސައީދު

މިނިސްޓަރު ސައީދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންކަރިންގެ ހިދުމަތުން މިހާތަނަށް ލިބުނީ 282 މިލިއަން ރުފިޔާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވީ ބަންކަރިން ގެ ހިދުމަތުން 282 މިލިއަން ރުފިޔާ ކަމަށެވެ. އަދި ޓެކުހުގެ ގޮތުގައި އިތުރު 24 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ހިދުމަތުގެ ތެރެއިން ބަންކާކުރި ތަކެތީގެ 76 އިންސައްތައަކީ މުޅިން އަލަށް ރާއްޖެ ގެނެސްގެން ބަންކާކޮށްފައި ހުރި އުފެއްދުންތައް ކަމަށެވެ. އަދި އެ މަޝްރޫއުގެ މުސްތަގުބަލެއް އޮތް ކަމަށާއި މި މަސައްކަތް ކޮޅެއްގައި ނުޖައްސާ ހުއްޓާ ނުލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮކްޓޯބަރު 28ގައި ބަންކަރިން އިން ލިބުނު އާމްދަނީ ހިއްސާ ކުރައްވާ އޭރު މިނިސްޓަރ ވިދާޅުވީ ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުކަމަށެވެ. މިއަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހާއި ހަމައަށް 192 މިލިއަނަށްވުރެ ގިނަ ރުފިޔާ މި ހިދުމަތް މެދުވެރިކޮށް ލިބިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

17 މިލިއަނަށްވުރެ ގިނަ ޓެކްސް ލިބިފައިވާއިރު، މީގެ ތެރެއިން 83 އިންސައްތައަކީ ލޯ ސެލްފަ ފިއުލްކަމަށާއި، މިއީ މީގެ ކުރިން ރާއްޖޭގައި ބަންކާ ކުރި އެއްޗެއް ނޫންކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ބަންކަރިން ހިދުމަތް ފޯރުކޮށްދޭން އެސްޓީއޯއިން ފެށީ ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: