ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއިން ހުށަހެޅި ސަރުކާރު އިސްވެރިންތަކެއްގެ ކޮރަޕްޝަންގެ މައްސަލަ އަދިވެސް ބަލައިނުގަނޭ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ: ފޮޓޯ ސަންގު އާކައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް، ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަިދ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާ ދިދީގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީއން ބަލައިގަތްކަން މިހާތަނަށްެވެސް އަންގާފައި ނުވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިްނ ވިދާޅުވީ ސަންގުޓީވީއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޕީޕީއެމް، ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަިދ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާ ދިދީގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ހުށަހެލީ މިދިޔަ ހަފްތާގެ ތެރޭގައި އެ ދެ ޕާޓީގެ ވަކީލުންގެ ޓީމުންނެވެ. އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއަށް ކުރަމުންދާ ދައުވާއަކީ ސިޔާސީ ދައުވާއެއްކަން އެއްދުވަހުން އަނެއް ދުވަހަށް އިތުރަށް ސާބިތުވަމުންދާ ކަަމަށެވެ. އަދި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދުވަނީ ރައީސް ޔާމީންއާއި ޒާތީވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ލާދީނީ ފިކުރު ފަތުރަން މަސައްކަތްކުރަމުންދާ ކަމަށާ، އެކަން ކުރެވެން އޮތީ އިދިކޮޅު ފަރާތްތައް ނެތިކޮށްލައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް އިން މީގެ ކުރިން ވެސް އެކި ނަންނަމުގައި އެއްވުންތައް ވަނީ ބާއްވައިފިއެވެ. އޭގެ ތެރޭގައި، ދަވާލައިފި އާއި، އަންނަނީއާއި ”ފުނޑާލައިފި“ ފަދަ ޖަލްސާތައެއް ހިމެނެއެވެ. ޕީޕިއެމް އިން ދަނީ ފަހަކަށް އައިސް ސިލްސިލާ އެއްވުންތައް ބާއްވާ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔަމުންނެވެ. އަދި ސަރުކާރުގައި ކޮރަޕްޝަން ގިނަވުމާއި، ސަރުކާރު ސްލޯވުން ފަދަ ކަންކަމުން ރައްޔިތުން މާޔޫސްވެފައިވާ ކަމަށް އެ ޕާޓީއިން ބުނެއެވެ. ޕީޕީއެމް އިން ވަނީ ދާދިފަހުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: