ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަން ކުރިިކަމަށް ބުނެ މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި، ދެ މީހަކު ހައްޔަރުކޮށްފި

ވައްކަމުގެ ތުހުމަތުގައި މީހެއްގެ ގައިގާ ތަޅައި އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަން ކުރިކަމުގެ ތުހުމަތުކޮށް، މީހަކަށް ވަރަށް ބޮޑެތި އަނިޔާކޮށް އޭނާ މޫއްދަށް އެއްލާލި މައްސަލަ ގޯސްވެފައި ވަނިކޮށް އެކަމުގައި ޝާމިލުވާކަމަށް ތުހުމަތު ކުރާ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މީހަކަށް އަނިޔާކޮށް އެ މީހާ މޫދަށް އެއްލާލި މައްސަލަ އެ މުވައްސަސާގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި އެރޭ ދައުރުވާން ފެށި ވީޑިއޯއާއިއެކުކަމަށެވެ. މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެއީ އުމުރުން 50 އަހަރުގެ ބ. ހިތާދޫ/އަންދަލީބުގޭ، އަހުމަދު ޝަރީފާއި، އުމުރުން 49 އަހަރުގެ ލ. އިސްދޫ/ ބްލޫކިޔާގޭ، އަހުމަދު ހާތިމް އެވެ.

އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރބު ކުރުމުން، 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯއިން އެނގޭ ގޮތުގައި އެ މީހުން އަނިޔާ ކުރި މީހާގެ މައްޗަށް ކުރަނީ 15 ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތެވެ. ވީޑިއޯގައި ފެންނަ ގޮތުން އެ މީހާއަށް ގިނަ ބަޔަކު ދިޔައީ އަނިޔާ ކުރަމުންނެވެ. އަދި އޭގެތެރެއިން މީހަކު އޭނާގެ ފައިން، ތުހުމަތު ކުރެވޭ މީހާގެ އަތަށް އަރައި ބާރަށް ފިއްތާލާ މަންޒަރު ފެނެ އެވެ. އަދި ބިންމަތީ ދަމާ ގެންގޮސް މޫދަށް އެއްލާލަ އެވެ.

މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ވެސް ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ. އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ވައްކަމުގެ ތުހުމަތު ކުރެވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަނިޔާކޮށް އަދި، އަނިޔާކުރަމުން ދިޔަ މަންޒަރު ވީޑިއޯކޮށް އެ ވައިރަލް ކުރުން ކުށްވެރި ކުރާކަމަށެވެ. އަދި މައްސަލައިގެ ބަޔާނުގައި ވަނީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯތައް ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްއާރުސީއެމްއިން ބުނީ ޝަރުއީ ހަމަތަކުގެ މަތީން އެއްވެސް މީހަކަށް ކުށެއް ސާބިތުނުވާ ހިނދެއްގައި، ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއްކަމަށް ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: