ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް ގެނދިޔަ އެއްވެސް ދިރާސާއެއްގައި ރާއްޖޭގައި އެހެން ދީނެއް އޮންނަން ފެނޭތޯ ނާހަން: އެއާރުސީއެމް

އެޗްއާރުސީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލެއް ހިމަނާފައި ނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އެޗްއާރުސީއެމުން ކުރި ދިރާސާއަކާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ބިނާކުރެވި ހިނގަމުންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނުތަކާއި، ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުއާހަދާތަކާ އެއްގޮތްވާގޮތުގެ މަތީން ކަމަށެވެ.

އެހެންކަމުން، އެފަދަ ހާލަތަކާ ޚިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް އެ ކޮމިޝަނުން ބަޔާންކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

އެ ކޮމިޝަނުން އިތުރަށް ބުނެފައިވަނީ ހުރިހާ ވަގުތަކު ވެސް އެންމެ އިސްކަމެއް ދޭނީ އިސްލާމީ ޝަރީޢަތާއި އިސްލާމް ދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަޙަތުތަކަށް ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަޤީގަތާއި ޚިލާފް ވާހަކަތަކާއި މާނަ އޮޅޭގޮތަށް ދޮގު ވާހަކަތައް ނުދެއްކުމަށް ވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: