ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 3 އަޕްޑޭޓް: 74.6 ޕަސެންޓު ހިއްކައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާތަނަށް މި މަޝްރޫއުގެ 74.6 އިންސައްތަ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ.

އެމްއޭސީއެލުން އެކްސްގައި ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން މިހާތަނަށް 47 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. އެ ކުންފުނިން ބުނީ ބިން ހިއްކާ ސަރަހައްދުގެ ފުން ބޮޑު ސަރަހައްދެއް މިހާރު ހިއްކާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ތިލަ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ކަމަށެވެ.

މަސައްކަތުގެ ދުވެލި އަވަސްކުރުމަށް ދެ ޑްރެޖަރެއް ބޭނުންކުރަނީ

މި މަޝްރޫއުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި އެމްއޭސީއެލުން ދަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކުރަމުންނެވެ. އެއީ 22,000 ސީބީއެމްގެ ކެޕޭސިޓީ ހުރި ”ޕްރިން ޑެރ ނެޑަރލަންޑެން“ އަދި ހަމަ އެ ކެޕޭސިޓީގެ ”އޮރަންޖޭ“ ޑްރެޖަރެވެ. މި ދެ އުޅަނދުގެ އެހީގައި މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ހުޅުމާލޭގެ ފޭސް 3 ގެ މަސައްކަތް ސަރުކާރުން އަލުން ފަށާފައި ވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިއްމު މަޝްރޫއެކެވެ.

698 ގޯތީގެ ގުރުއަތުލުން ވަނީ ނިމިފައި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ 698 ގޯތީގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ. މި ސްކީމުގެ ދަށުން ތަފާތު 7 ސައިޒެއްގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

މި މަޝްރޫއު ނިމުމުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: