ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4000 ފުލެޓުގެ ތެރެއިން 399 ފަރާތަކަށް ފުލެޓުގެ ތަޅުދަނޑި ހަވާލުކޮށްފި: މުއްތަލިބް

ވިނަރެސް ފުލެޓު --- ފޮޓޯ: އަވަސް.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްގީކުރަމުންދާ 4000 ފުލެޓުގެ ތެރެއިން 399 ފަރާތަކަށް މިހާތަނަށް ފުލެޓުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ހައުސިންގ، މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި ސްކީމްގެ ދަށުން އިމާރާތްކުރާ 3 ކޮޓަރީގެ 2800 ފުލެޓާއި 2 ކޮޓަރީގެ 1200 ފުލެޓުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އަދި މިހާތަނަށް 3079 ފަރާތަކާއެކު ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 399 ފަރާތަކަށް މިހާރު ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފުލެޓުތައް ހަވާލުކުރުން ލަސްވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިމާރާތްކުރުމުގެ އަސްލު އެއްބަސްވުމުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ގުޅައިދިނުން ހިމެނިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރުމަށް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން ޖެހުމުން ކޮންމެވެސް ވަރެއްގެ ލަސްތަކެއް ކުރިމަތިވި ނަމަވެސް، އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކަށް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ތަޅުދަނޑި ހަވާލުކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”މި ސަރުކާރު ހަވާލުވީ އިރުގައި، މި ދެންނެވި 4000 ފުލެޓުގެ ޕްރޮޖެކްޓުގައި މަސައްކަތް ނިމިފައިވަނީ 32 އިންސައްތަ. ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ބާކީ ހުރި 68 އިންސައްތަ ނިންމާ ފެނާއި ނަރުދަމާއާއި ކަރަންޓު ގުޅުމުގެ މަސައްކަތްތަކާއި ލޭންޑް ސްކޭޕިންގ ގެ މަސައްކަތް ކުރުމަށްފަހު މި ފުލެޓުތައް ލިބޭ ފަރާތްތަކަށް ހަވާލުކުރެވިގެން މި ދަނީ“ 

މީގެ އިތުރުން، ފުލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ބޮޑުވުމުގެ ޝަކުވާ ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އަގުތައް ކުޑަކޮށްދެއްވާފައެވެ. އެގޮތުން 3 ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓް 8,500 ރުފިޔާއަށް އަދި މަހު ކުލި 10,000 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓް 6,000 ރުފިޔާއަށް އަދި މަހު ކުލި 7,000 ރުފިޔާއަށް ވަނީ ބަދަލުކޮށްފައެވެ.

މި ބަދަލާއެކު، ކުރިން ބޮޑު އަގުގައި ޑައުންޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން، އިތުރަށް ދައްކާފައިވާ ފައިސާ މަހު ކުލިން އުނިކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: