އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ބަލިވެއިން މައްސަލާގައި އިހުމާލުވި އިދާރާތަކާއި އެކަމުގައި ބައިވެރިވީ މީހުންނަށް ފިޔަވަޅު އެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަނޑާ ނެގުގެ މަސައްކަތް ކުރާ ދޯނީގައި މަސައްކަތް ކުރަމުން އައި ރ. މަޑުއްވަރީ، އިސްމާއިލް ހައްމާދުއަށް ތޫނު އެއްޗަކުން އެކި ފަހަރުމަތީން ހަމަލާދީ ކަނޑަށް އެއްލާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭއެވެ.
އެ މައްސަލައާއި ގުޅިގެން ރައީސް ނަޝީދު ކުރައްވާފައިވާ ފައިވާ ޓްވީޓުގައި ވިދާޅުވީ އެކަމަށް ހިތްވަރުދިން ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒް ބޭނުން ހިފައި ޖިންސީ ގޯނާކޮށް، އޭގެ ނަތީޖާއިން އެކުއްޖާ ބަލިވެ އިނދެ އެކުއްޖާއަށް މި ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މައްސަލައިގައި އިހުމާލުވީ މީހުންނާއި، އިދާރާތްތަކަށް ހައްގު އަަދަބު ލިބެންޖެހޭކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
https://twitter.com/MohamedNasheed/status/1198191983795171328
ޖެންޑާ މިނިސްޓްރީން ބުނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ބަލިވެއިން މައްސަލާގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެކަމާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް، ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ޖެންޑާ މިނިސްޓްރީ އިން ސަންގުއަށް ބުނެފައިވަނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވަގުތުން ފުރިހަމަކުރި ކަމަށެވެ. އަދި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގު އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމަށެވެ.
ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ.

