ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ތިޔަ ބޭފުޅުން 200 އެއްހާ މީހުން ނެރުއްވަން ވީ ނޫންތޯއޭ؟“

ރައީސް ޞާލިހު އަދި ރައީސް ނަޝީދު ، ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަރޝިޕް އިންތިޚާބުގައި ވޯޓުލާން ނިކުތީ ނިސްބަތުން މަދު ބައެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ޖަހަމުން ދާ ޖޯކުތަކަށް އެ ޕާޓީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ރައްދުދެއްވައިފިއެވެ.

ތިމާވެއްޓަށް މަސައްކަތްކުރާ އަމިއްލަ ގްރޫޕެއް ކަމަށްވާ ”ބެއްޔާ“ އިން ޓީ-ޝާޓް ވިއްކުމުގެ ކެމްޕޭން ލޯންޗު ކުރުމަށް މޯލްޑިވިއަންގެ ސީ ޕްލޭން ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތަކަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން،ނަޝީދު ވިދާޅުވީ، ތަރައްގީވެފައިވާ ގައުމުތަކުގެ ސިޔާސީ ޕާޓީތަކުގައިވެސް ވޯޓު ލާން ނިކުންނާނީ ހަތެއް ނުވަތަ އަށެއް ޕަސެންޓް މެންބަރުންކަމަށެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ އެ ޕާޓީގެ އިސް ސަފުގައި ޚަރަކާތްތެރިވާ މީހުންކަމަށާއި، އެހެންކަމުން ވޯޓުލާން ނިކުތް ނިސްބަތާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީއަށް އިންތިޚާބުތައް ކާމިޔާބުކޮށް ދޭން މަސައްކަތް ކުރާ 25000 މީހުން ބަދަލުވުމެއް ނެތި އެބަތިބި ކަމަށާއި، އިދިކޮޅު ފަރާތްތަކުން 200އެއްހާ މީހުން ނެރުއްވުމަށް ރައީސް ނަޝިދު ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ އިންތިޚާބުގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އެމްޑީޕީން ހާމަކުރި ނަމަވެސް، މިހާތަނަށް އިއުލާނުކޮށްފައިވާ 172 ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓު ލުމުގައި ބައިވެރިވެފައި ވަނީ 23،613 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 އިންސައްތައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: