ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޒީވެދިޔަ ޞުލުޙަވެރިކަމާ އަމާންކަން އަނބުރާ ގެންނަން ޖެހިއްޖެ: ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިއަދު ހާލަތު ބަދަލުކުރުމުގައި ހަޤީޤަތުގައި ހުރިހާ ބާރެއް އޮތީ ޒުވާން ލީޑަރުންގެ މައްޗަށްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ މިއަހަރުގެ އަހިންސާ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ ނަތީޖާ ފާޅުކުރުމަށާއި، ދަރިވަރުންގެ ޔޫނިއަންގެ އިސްވާރުންނަށް އިނާމް ދިނުމަށް ރޭ ޔުނިވަރސިޓީގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

ޔުނިވަރސިޓީގެ ދަރިވަރުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައި މިނިސްޓަރ ވިދާޅުވީ ރާއްޖެ ވަނީ ބޮޑުތަނުން ބަދަލުވެފައި ކަމަށާއި، ކުރިން ދުނިޔޭގެ ކުރިމަތީގައި އަޅުގަނޑުމެން ފަޚުރުވެރިވަނީ ރާއްޖެއަކީ އެންމެ ޞުލުޙަވެރި އެންމެ އަމާން ޤައުމަށް ވުމުންކަމަށެވެ.

މިޤައުމު ކުރިން އޮތްފަދަ ޞުލުހަވެރި އަމާން ޤައުމެއްގެ ގޮތުގައި އަނބުރާ ގެންނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ތާރީޚުގައި ޤައުމުތައް ބަދަލުވެފަ ހުރީ، ޤައުމުތައް ހެޔޮގޮތްގޮތަށް ގެންގޮސްފަ ހުރީ ހަމަނުޖެހުމާނުލާ ކަމަށެވެ. ހެޔޮމަގަށް އަބަދުވެސް ގެންދަންޖެހޭނީ ޞުލުހަވެރިކަމާ އަމާންކަމާއެކީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކުރުމުގައި ހަޤީޤަތުގައިވެސް ހުރިހާ ބާރެއް އޮތީ އަޅުގަނޑުމެންގެ ޒުވާން ލީޑަރުންގެ މައްޗަށް. އެހެންކަމުން ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ޞުލުހަވެރިކަމާ އަމާންކަމާ އެކުވެރިކަމާއެކުގައި ބަދަލާ ދިމާއަށް އަޅުގަނޑުމެން ދަތުރުކުރަންޖެހޭ. އިސްލާމް ދީނަކީ ސުލުހަވެރި ދީނެއް، އަމާން ދީނެއް، ސުލުހައަށް ލޯބިކުރާ ދީނެއް.“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޤައުމެއް އޭގެ މައްޗަށް ބިނާވަނީ ޒުވާން ވަރުގަދަ ލީޑަރުން އުފެއްދުނު މިންވަރެއްގެ މައްޗަށް ކަމަށެވެ. އެޤައުމެއް ޤައުމެއްގެ ގޮތުގައި ހަދާނެ ބަޔަކު އުފެދި ނެރެވިގެންދަނީ ސްޓޫޑެންޓް ޔޫނިއަންގެ ތެރެއިންކަމަށް ދަރިވަރުންގެ ޔޫނިއަންގެ ދަރިވަރުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ޤައުމުގެ މުސްތަޤްބަލް އުޖާލާވާނެ މިންވަރަކީ މިޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން ވަރުގަދަވީ މިންވަރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަހިންސާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުން އެއްވަނަ ހޯދީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރު އާއިޝަތު ޒަހާއެވެ. ދެވަނަ ހޯދީ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ އަނޫފާ ޢާލީއެވެ. ތިންވަނަ ހޯދީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ މުޙައްމަދު އައިޝް މުސްތާއެވެ.

އިނާމް ދިނުމުގެ ރަސްމީއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ

މުބާރާތުން އެއްވަނަ ފެކަލްޓީއަކީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްއެވެ. ދެވަނަ ހޯދީ އެން.އެން.ޔޫ. ބިޒްނަސް ސްކޫލެވެ. ތިންވަނަ ހޯދީ ފެކަލްޓީ އޮފް އާރޓްސްއާއި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްއެވެ. ރޭގެ ހަފްލާގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ތިން ކެޓަގަރީއަކުން އެވޯޑް ދިނެވެ. ސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ދަރިވަރުން ވަނީ އެވޯޑް ހާޞިލްކޮށްފައެވެ. އެޔނިވަރސިޓީން ދޭ ދެވަނަ އަށް އެންމެ މަތީ ޝަރަފް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ އައްބާސް މުޙައްމަދަށް ވަނީ ދެއްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: