ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނާއި ސިފައިން ތިބީ ”އަނދިރި“ ދައުލަތަށް ބައިއަތު ހިފާފައި: ނަޝީދު

ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު ވާހަކަދައްކަވަނީ... ފޮޓޯ: ޓުވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަލާމަތީކަންކަން ބަލަހައްޓަން ތިއްބެވި ބޭފުޅުން ”އަނދިރި ދައުލަތަށް“ ބައިއަތު ހިފައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދިފާއި ބާރުގެ ތެރޭގައިއާއި ފުލުހުންގެ ތެރޭގައި ފަރުވާ ކުޑަކަމާއި ކޮންމެ ގޮތެއްް ވަރިހަމަކަން އާންމުވެފައިވާ ކަމަށެވެ. މިކަން އާންމުވެފައިވަނީ ވިސްނުމަށް އައި ބަދަލަކާއި ގުޅިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯޓުން ބޭރުން 13 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނިކުރި މައްސަލައާއި ގުޅިގެން ނަޝީދު ވިދާޅުވީ އެކުއްޖާ ގޯއްޗެއް ބޭނުންވެގެން ސަރުކާރުގެ އިދާރާތަކަށް ސެޓްފިކެޓެއް ހުށަހެޅުމުން އެ ބަލައިގެންފައިވާ ކަމަށެވެ.

“ އަޅުގަނޑަށް އިއްޔެވެސް އަޑުއިވުނީ 13 އަހަރުގެ ކުއްޖަކާއި މީޙަކު އިނދެފައި، އެ ކައިވެނިކޮށްދިން މީހުން އޭނާއަތަށް ސެޓްފިކެޓެއް ދީފަ، އަދި އޭނާ ގޯއްޗަކަށް ބޭނުންވީމައި އެ ސެޓްފިކެޓު ގޮސް ސަރުކާރުގެ ވުޒާރާއަކަށް ހުށަހަޅާފައި، ސަރުކާރުގެ ވުޒާރާތަކުން އެ ބަލައިގެންފައި އޮތްކަން. އަނދިރި ދައުލަތެއް. މުޅިން އެހެން ނިޒާމެއް މިއޮއް ވާދަކުރަނީ އަޅުގަނޑުމެންގެ ޝަރުޢީ ނިޒާމާއި އަޅުގަނޑުމެންގެ ޤާނޫނުތަކާ. އަޅުގަނޑުމެންގެ ތެރޭގައި އެތަށް ބައެއްގެ ހިތްތަކަށް ވަދެއްޖެ“ ރައީސް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ ރާއްޖޭގެ އަމަންއާއި މަސްލަޙަތު ބަލަހައްޓަން ތިއްބަވާ ބޭފުޅުން ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހަޅާ މައްސަލަތަށް ނުބައްލަވަނީ ސަލާމަތީ ބާރުތަކުން އަނެއް ފަލްސަފާއަށް ލެބެން ފެށުމުން ކަމަށެވެ. އެގޮތުން ސިފައިންާއި ފުލުހުން  އަނދިރި ދައުލަތާއެކު ބައިއަތު ހިފައިފި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ފާސް ކުރާ ބިލް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރި ނަމަވެސް، އެ ގާނޫނު ކޮންމެހެން ނުދެމެހެއްޓިޔަސް ރަނގަޅު ކަމެއް ކަމަށް ދެކޭ މީހުން އެބަތިބި ކަމަށެވެ.  އަދި މީގެ 50 އަހަރު ކުރިން، ކުޑަކުއްޖަކަށް ގޯނާއެއް ކޮށްފި ނަމަ އެކަން ނުބަލައި ސަލާމަތީ ބާރުތަކުން ތިބޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

”އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ މީގެ 50 އަހަރު ކުރީން ކުޑަކުއްޖަކަށް އަނިޔާއެއް ކުރީމާ އަވަށު ސަރުދާރެއް ވެސް ބަނޑޭރިގޭ މީހަކު ވެސް މާބަނޑޭރިއަކު ވެސް ގޭގައި ނިދަން އޮންނާނެ ކަމަކަށް ލަފައެއް ނުކުރެވޭ އަޅުގަނޑަކަށް. އެކަން ނުހޯދާ އެކަން ނުބަލައި އެކަން ނުހުއްޓުވައި“

ނަޝީދު ވިދާޅުވީ ކަންކަން ޙައްލު ނުކުރެވިގެން މިއުޅެނީ ޤާނޫނެއް ނެތިގެން ނޫން ކަމަށެވެ. މި މުޖުތަމައުގެ ތެރޭގައި ދިވެހިން އުލޭ ގޮތް ބަދަލުކުރުމަށް ބަޔަކު ނިކުމެއްޖެ ކަމަށާއި މިއީ ފިކުރީ ހަނގުރާމައެއް ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިއަދާ ހަމައަށް މިއައީވެސް މިހުރިހާ ކަމެއް ވަމުން މިދަނީވެސް ޤާނޫނެއް އަޅުގަނޑުމެންގެ ތެރޭގައި، ގޮތެއް އަޅުގަނޑުމެންގެ ތެރޭގައި ނެތިގެނެއް ނޫން. ހިތައް އަޅުގަނޑުންގެ ނުވަންނަނީއެއް ނޫން އުޅެންވީގޮތް. އަޅުގަނޑުމެންގެ ތެރެއަށް ފެތުރިއްޖެ ފަލްސަފާއެއް. އަޅުގަނޑުމެންގެ ތެރޭގައި އުފެދެން ފަށައިފި ފިކުރެއް، ހިޔާލާތެއް. ދިވެހިން އުޅެންޖެހޭ ގޮތް ބަދަލުކުރަން ބަޔަކު ނިކުމެއްޖެ. މިއީ ފިކުރީ ހަނހަނގުރާމައެއް. މިއީ ޤާނޫނެއްގައި ލިޔެގެން އަޅުގަނޑުމެންނަށް ވާނޭ ކަމެއް ނޫން“ ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރާއްޖެއަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލު ކުރަން ”އެހެން ރާސްތާއެއް“ ހޯއްދަވާނެ ކަމަށާއި ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ބޭނުންވާ ބަޔަކު އެބަތިބި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހަރާބުގެ މަގު ހިޔާރުކޮށްފި ނަމަ، ރާއްޖެ ގެއްލިގެން ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: