ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވާ މިންވަރު އަންދާޒާކޮށް، މި އަހަރަށް ގެންނަން ކަނޑައެޅި 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ކާމިޔާބު ވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރިކޯޑާއި އެކު، މިއަދު ވަނީ 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައެވެ.
ރާއްޖެ އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށްވީ ރަޝިޔާގެ އަންހެން ޓޫރިސްޓެއް ކަމަށްވާ މަރީނާ ކަޒަކޯވާ އެވެ. ފަތުރުވެރިކަމަށް ކަނޑައެޅި އަމާޒު ކާމިޔާބުވެ އެކަމަށް ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވީއައިއޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލް ގުޅިގެންނެވެ. އަދި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ މަޓީގެ ސެކެއްޓްރީ ޖެނެރަލް އަހުމަދު ނަޒީރުއެެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާނަމަ 15.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މިމަހުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް 1.4 މިލިއަން ފަތުރުވެރިން އައިސްފައިވެ އެވެ. މިދިޔަ މަހު ރާއްޖެ އަށް އައި ފަތުރުވެރިންނާ އަޅާ ބަލާއިރު 15.4 ޕަސެންޓް އިތުރުވެފަ އެވެ.
މެރީނާ މިއަހަރު ރާއްޖެ ޒިޔާރަތް ކުރި 1.5 މިލިއަން ޓުއަރިސްްޓުގެ ލަގަބު ހޯދުމާއި ގުޅިގެން އޭނާ އަށް ވަނީ ހާއްސަ ޕެކޭޖުތަކެއް ދީފައެވެ. އޭގެ ތެރޭގައި ލިޔެލާ ޖެހި ދިވެހި ކާބަފައިންގެ މަސައްކަތެރި ކަން ފެންނަ ރަވާނާ އަކާއި، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް މިރިހި ރިސޯޓުން ތިން ހޮލިޑޭ ވައުޗަރެއް އަދި އެމްއެމްޕީއާރުސީން ސްޕޮންސާކޮށް އެނބުރި ގައުމަށް ދާނެ ޓިކެޓު ދީފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ. އަންނަ އަހަރު ބާއްވާ ވޯލްޑް ޓޫރިޒަމް ފެއާގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ. އަދި އޭގެ އިތުރުން ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާ ހާއްސަ ޑައިވިން ހަރަކާތުގައި ބައިވެެރިވުމަށް އަލީ ވަހީދު ވަނީ އޭނާއަށް ދައުވަތު ދެއްވާފައެވެ.

