ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގެ ހާލަތު: 655 މީހުންގެ ޖާގައިގެ ތަނެއްގައި، 969 މީހުން!

ރާއްޖޭގެ ގަލުގެ ހާލަތަށް އައި ބަދަލެެއް ނެތް: އދ ގެ ސްޕެޝަލް ރެޕަޓުއާ - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކުރާ އެހެން ބައެއް ތަންތަނުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، މާފުށީ ޖަލުގައި 655 މީހުންގެ ޖާގައިގެ ގޮޅިތަކަށް 969 މީހުން މިހާރުވެސް ވައްދާފައިވާކަމަށް ލާއިންސާނީ އަނިޔާ އާއި އިންސާނީ އިންސާނިއްޔަތާ ހިލާފު އަދަބާއި އިންސާނީ ކަރާމަތަށް ގެއްލުންވާ ގޮތަށް ކުރާ ކަންތައްތައް ބަލަން އދ. އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ ނިޒް މެލްޒާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި، އެތަނަށް މި އަހަރުގެ ތެރޭގައި ވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް މެލްޒާ ވިދާޅުވިއެވެ. މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިފަދަ ތަންތަނުގެ އެސެސްމެންޓުތައް ހައްދަވާ އޭގެ މައުލޫމާތުތައް ނޫސްވެރިންނާއި ހިއްސާ ކުރައްވަމުން މެލްޒާ ވިދާޅުވީ ރާއްޖޭގެ ޖަކުތަކުގެ ހާލަތު އިންތިހާއަށް ދަށް ކަމަަށެވެ. ޖާގައިގެ ދަތިކަމުގެ ސަބަބުން ތަނުގައި އެކަށީގެންވާ ސާފުތާހިރުކަމެއް ނުހިފެހެއްޓުމުގެ ނަތީޖާއަކީ އަވަސް އަވަހަށް ގައިދީން ބަލިވުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތަފާތު އެކި މައްސަލަތުގައި ޖަލުގައި މީހުން ބަންދުކޮށްފައިވާއިރު އެ މީހުންގެ ޝަރީއަތް ކުރިޔަށް ނުދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި މެލްޒާ ވިދާޅުވިއެވެ. އަދި ޝަރީއަތްތައް ކުރިޔަށް ނުގޮސް ލަސްވުމާއި، ޝަރީއަތް ނިމެންދެން ބަންދުގައި ނުވަތަ ވާނުވާގައި ތިބުމުން ޖަލު ތޮއްޖެހެމުން ދާކަމަށެވެ. މެލްޒާ ވަނީ މިފަދަ މައުލޫމާތުތައް އެއްކުރުމުގައި އޭނާ ވަކި ވަކި މީހުންނާއި ވެސް ބައްދަލު ކުރައްވާފައިވާކަން ފާޙަގަކުރައްވާފައެވެ. އަދި ވަކި ވަކި އިދާރާތަކުންވެސް އޭނާއަށް އެއްބާރުލުން ދިން ކަމަށެވެ.

ޖަލުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިލްޒާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޑިޓެންޝަނަސެންޓަރުތަކެއްހެން އެކީ ފުރިފައިވާކަމަށެވެ. މިސާލެއް ނަންގަވާ މިލްޒާ ވިދާޅުވީ މީހުން ބަންދުކުރާ ތަންތަނުގެ އޮކިއުޕެންސީ ރޭޓުހުރީ 150 އިންސައްތައާއި 190 އިންސައްތައާއި ދެމެދުގައި ކަމަށެވެ. އެގޮތުން މާފުށީ ޖަލަށް ބަލާއިރު އެ ޖަލުގެ ޖާގައަކީ 655 ފިރިހެނުންގެ ޖާގައިގެ ތަނެއް ނަމަވެސް، އެތަނުގައި 969 ފިރިހެން ގައިދީން ބަންދުކޮށްފައިވާކަމަށް މެލްޒާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޖަލުތަކަކީ އަބަދުވެސް ދަށްފެންވަރުގެ ތަންތަންކަން ފާހަގަކުރައްވާ މެލްޒާ ވިދާޅުވީ، ޖަލުތަކަށް ”ކުޑަމިނުން ސާފު ވައި“ ނުލިބޭކަމަށެވެ. ކާނާގެ ފެންވަރު އެހާދަށްއިރު، ރަނގަޅު ފާހަނާ ކުރުމުގެ ނިޒާމެއް ގާއިމް ކުރެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. ޖަލުތަކުގެ ބޭނުމަކީ ކުށްކުރާ މީހާއަށް އަދަބު ދިނުން ކަމުގައި ވީނަމަވެސް، ގައިދީންނަށް އިންސާނީ ހައްގުތަކެއް ލިބިގެންވާކަމަށާއި ގައިދީންނަށް ވެސް ފުރިހަމަކޮށްދޭންޖެހޭ ކަންތަކެއް ހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މެލްޒާ ވަނީ ގައިދީންނަށް ތާޒާ ވަޔާއި، ގުދުރަތީ އަލި ނުލިބިއެތައް ދުވަހެއް ވާކަމަށެވެ. އަދި ގައިދީންނަށް ބައެއް ހަފްތާތަކުގައި ގުދުރަތީ އަލިތަކުގެ ތެރެއަށް ނެރޭކަމަށާއި އެހެން ނަމަވެސް ކުޑަ ވަގުކޮޅަކަށް އެމީހުން އެ ނެރޭ ވަގުތުތަކުގައި ވެސް ހުންނަނީ ފަހަތަށް ބިޑިއަޅުވާފައި ކަމަށެވެ. އެކަމާއި ގުޅޭގޮތުން ކަމާއި ބެހޭ އިދާރާތްތަކާއި ސުވާލުކުރުމުން ބުނެފައިވަނީ އެއީ ގައިދީން ބަލަހައްޓަން އެކަށިގެންވާ ވަރަށް މީހުން ނުތިބޭތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: