އުރީދޫ ފަން ރަން 2025 ގައި ބައިވެރިވި ފަރާތްތަކަށް ބިބް ނަމްބަރު މެދުވެރިކޮށް އިވެންޓުގެ ފޮޓޯތައް ފަސޭހަކަމާއެކު ހޯދައި ޑައުންލޯޑް ކުރެވޭނެ ފީޗާއެއް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނެފައިވަނީ funrun.ooredoo.mv އަށް ޒިޔާރަތްކޮށް، ފަން ރަން ބިބް ނަމްބަރު ޖެހުމުން އެ ބިބް ނަންބަރު ފެންނަ ފަރާތްތަކުގެ ފޮޓޯތައް ފެނިގެންދާނެ ކަމަށެވެ. އަދި މި ފޮޓޯތައް ޑާއުންލޯޑު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ދުވުންތެރިންނަށް ފަން ރަންގެ ތަޖުރިބާ އާކޮށް، ފޮޓޯތައް ޑައުންލޯޑްކޮށް، ރާއްޖޭގެ އެންމެ އުފާވެރި ދުވުމުގެ ހަނދާންތައް ހިއްސާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން 2025 އަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ފަންރަންއެވެ. އާއިލާތަކާއި، ޒުވާނުންނާއި، ކުޑަކުދިންނާއި، ކޯޕަރޭޓް ޓީމުތަކާއި، ފިޓްނަސް އަށް ލޯބިކުރާ ފަރާތްތަކުން ހުޅުމާލޭގެ މަގުތަކަށް ނުކުމެ ކުލަ ގަދަކޮށް، ހަކަތަ އާއި އެއްބައިވަންތަކަން ވަނީ ދައްކުވައިދީފައެވެ. އުރީދޫ ފަން ރަން އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އިންތިޒާރު ބޮޑު ކޮމިއުނިޓީ ފިޓްނަސް އިވެންޓެވެ.
ބިބް ބޭސްޑް ފޮޓޯ ސާޗް ފީޗާ ތަޢާރަފްކުރުމާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ފަން ރަންގެ ޑިޖިޓަލް އެކްސްޕީރިއަންސް އިތުރަށް ފުރިހަމަކޮށް، އިވެންޓް ނިމުމުން ގިނަ ދުވަސްތަކެއް ވަންދެން ބައިވެރިންނަށް ހިތްގައިމު ވަގުތުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އުރީދޫ ފަން ރަން 2025 ކާމިޔާބު ކުރުމަށް އެހީތެރިވެދިން ހުރިހާ ބައިވެރިންނަށާއި، ޕާޓްނަރުންނަށާއި، ވޮލަންޓިއަރުންނާއި ސަޕޯޓަރުންނަށް އުރީދޫ މޯލްޑިވްސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

