ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިރެއްވެސް ނުދެއްކޭނެ، އަދި އެމްޑީޕީގެ ކުރިމަތީގައި ކުޑަކަކޫވެސް ނުޖެއްސޭނެ: ޑރ.ޝަހީމު

ޑރ.މުޙައްމަދު ޝަހީމު ޢަލީ ސަޢިދު، ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިރެއްވެސް ނުދެއްކޭނެ ކަމަށާއި، އަދި އެމްޑީޕީގެ ކުރިމަތީގައި ކުޑަކަކޫވެސް ނުޖެއްސޭނެކަމަށް ކުރީގެ  އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓުގައި ވާ ކަންކަމުގެ ތެރެއިން ޝަހީމު އެކޮމިޝަނަށް ދިން މައުލޫމާތު ދިމާނުވާކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވާތީވެ، އެކަމާއި ގުޅިގެން މަޖލީހުގެ 241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ޝަހީމަށް ފިޔަވަޅު އެޅުމަށް ވަނީ ފާސްކޮށްފައެވެ. ކޮމިޓީ ރިޕޯޓް ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު އެކަމާއި ގުޅިގެން ޝަހީމު ވަނީ ގިނަ ޓްވީޓް ތަކެއްކޮށްފައެވެ.

ޝަހީމު ވިދާޅުވީ، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ރިޕޯޓްގައި އެވަނީ ރާއްޖޭގައި ތިއްބެވި އެތައް އެތައް އިލްމުވެރިންނަށް ދޮގު ތުޚުމަތުކޮށްފަ ކަމަށާއި، މަޖިލީހުގައި ތިއްބެވި ހެޔޮ ވިސްނޭ މެންބަރުން އެ ރިޕޯޓް ފާސްނުކުރެއްވުމަށް ނުހަނު އަދަބުވެރިކަމާއެކު އެދޭކަމަށެވެ.

https://twitter.com/Mohamedshaheem1/status/1198574512968806400?s=20

އިތުރަށް ޓުވީޓެއްގައި ޝަހީމު ވިދާޅުވީ، ﷲ އިރާދަކުރެއްވިއްޔާ ބިރެއް ނުދެއްކޭނެކަމަށެވެ. އަދި ސިޔާސީ މަސައްކަތްތައްވެސް ހުއްޓާނުލައްވާނެކަމަށެވެ. ޝަހީމު ވިދާޅުވީ ”އެމްޑީޕީގެ ކުރިމަތީގައި އަޅުގަނޑުމެން ކުޑަ ކަކޫ ނުޖެއްސޭނެ“ ކަމަށެވެ.

ޝަހީމު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މަރު ކޮމިޝަންގެ ޚުލާސާ ބަޔާން އިވަމުން ޝަހީމު ޤަތަރަށް ފުރައިގެން ދިޔަ ކަމަށް ދޭހަވާގޮތަށް މަޖިލީހުގެ ރައީސް ވާހަކަ ދެއްކެވިކަމީ ހިތާމަ ހުރި ކަމެއްކަމަށެވެ. އަދި އެ އިޝަރަތް ކުރެއްވި ދުވަހު ޝަހީމު ޤަތަރަށް ފުރައިގެން ދިޔަކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުން ޝަހީމު ދޮގުކުރެއްވިއެވެ. އަދި އެއީ މަރުގެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ނެތް ވާހަކައެއްކަންވެސް ޝަހީމު ފާހަގަކުރެއްވިއެވެ.

https://twitter.com/Mohamedshaheem1/status/1198556559745470464?s=20

ޝަހީމު ވިދާޅުވީ، ޑރ.އަފްރާޝީމްގެ މަރާ ގުޅިގެން އެއްވެސް ތުޚުމަތެއް އޭނާގެ މައްޗަށް ކޮށްފައިނުވާކަމަށާއި، ރައްޔިތުންގެ މަޖިލީހުން މިހާ ވަރަކުން އޭނާއަށް ފިޔަވަޅެއް ނޭޅިގެން މި އުޅެނީ ބަދަލުހިފުމުގެ ގޮތުން މުޅި ދުނިޔެއަށް ބަދުނާމުކޮށް ޝަހީމު ކުރައްވާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށާއި، މިއީ ހިތާމަހުރި ކަމެއްކަމަށެވެ.

އަދި މަރުގެ ކޮމިޝަނަށް ދިން އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ހުރިކަމެއް އެ ކޮމިޝަނުން އަންގާފައިނުވާކަމަށާއި، ހަމައެކަނި އަންގާފައިވަނީ އެ މައްސަލައިގައި އޭނާއާއި މެދު އެއްވެސް ތުޚުމަތެއް ނުކުރާކަން އެކަނި ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ. އަދި ކަން މިހެން އޮތްއިރު ރައްޔިތުންގެ މަޖިލީހުން ޝަހީމުގެ ދުވަސް ދުއްވާލަން އުޅެނީ ކީއްވެތޯ ވިދާޅުވެ ޝަހީމު ވަނީ ސުވާލުކުރައްވާފައެވެ.

https://twitter.com/Mohamedshaheem1/status/1198547629791158273?s=20

އަނިޔާވެރިކަމާއި ބެއިންސާފު ނައްތާލަންކަމަށް ބުނެ އައި ބަޔަކު އިންސާނުންގެ އަބުރާއި ޝަރަފު ނަގާލާ މުޅި ދުނިޔެއަށް ބޭޒާރުކުރަމުންދާ ކަމީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނިގެން ދާ އެންމެ ބޮޑު އަނިޔާކަމަށް ޝަހީމު ވިދާޅުވިއެވެ.

ޝަހީމު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް މިކަންކަން ހުއްޓުވައި ދެއްވުމަށް ގޮވާލައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ހިންގަމުންދާ އުދުވާނީ ޢަމަލު ހުއްޓުވާދެއްވުމަށް ރައީސް ޞާލިހުގެ އަރިހުން އެދިލައްވާކަމަށާއި، ރައީސްގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންގެ އަބުރާއި ކަރާމާތް ހިމާޔަތް ކުރުންކަމަށްވެސް ޝަހީމުވަނީ ފާހަގަކުރައްވާފައެވެ.

https://twitter.com/Mohamedshaheem1/status/1198548086970310656?s=20

ޝަހީމު ވިދާޅުވީ، އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ޑރ.އަފްރާޝީމަށް އެއްވެސް ފުރުސަތެއް ދެއްވާފައިނުވާކަމަށާއި، ދީނީ ގޮތުން އަފްރާޝީމަށް ފުރުސަތު ހުޅުވާލަ ދިނީ ޝަހީމުގެ ވަޒީރުކަމުގައި ކަމަށެވެ. އަދި އެމްޑީޕީން އަފްރާޝީމަށް ފުރުސަތު ނުދީގެން އަފްރާޝީމް އެކަން ހިއްސާކުރެއްވިކަމަށް މަރު ކޮމިޝަނަށް ދިން ބަޔާނުގައި ފާހަގަކޮށްފައިވާނެކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1198548605998641152?s=20

ޝަހީމު ވަނީ އޭނާއާމެދު މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާ ތުޚުމަތުތަކަސް ތަކުރާރުކޮށް އިންކާރުކުރައްވާފައެވެ. އެގޮތުން، އެދުވަހު ސަލަފުގެ ބަޔަކާއިވެސް އަދި އެހެން ދީނާ ފަރާތްތަކަކާއިވެސް ބައްދަލުނުކުރައްވާކަމަށާއި، މަރުގެ ހާދިސާއާއި، އިސްލާމިކް މިނިސްޓްރީއާއި ޑރ.އަފްރާޝީމާއި ކުރި ދީނީ މުޢާމަލާތްތައް ގުޅުވަން އުޅުމަކީ އުދުވާނީ ހަމަލައެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: