ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާވަހި ފައިނޭންސިންގެ ދަށުން 768 އެޕްލިކޭޝަން އެޕްރޫވް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކުރިއަށްގެންދާ ”ހިޔާވަހި ފައިނޭންސިން“ ސްކީމުގެ ދަށުން މިހާތަނަށް 768 އެޕްލިކޭޝަނެއް އެޕްރޫވްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ހައުސިން މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ ”ރަށްވެހީ“ ކެޓަގަރީން 343 އެޕްލިކޭޝަނެއް ވަނީ އެޕްރޫވްކޮށްފައެވެ. އަދި ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ ”ސަހަރު“ ކެޓަގަރީން 410 އެޕްލިކޭޝަނެއް އެޕްރޫވްކޮށްފައިވާއިރު، ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާ ”ފަހިމާލެ“ ކެޓަގަރީން 15 އެޕްލިކޭޝަނެއް ވަނީ އެޕްރޫވްކޮށްފައެވެ.

މި ސްކީމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ހިޔާވަހި ފައިނޭންސިންނަކީ ސަރުކާރުން ރައްޔިތުންނަށް ސީދާ ދޭ ލޯނެއް ނޫން ކަމަށާއި، މިއީ ބޭންކުތައް މެދުވެރިކޮށް ދޫކުރާ ލޯނުތަކެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އަމިއްލަ ގޯތީގައި އިމާރާތްކުރުމަށް ދޫކުރާ މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ވަނީ ބޮޑުތަނުން ކުޑަކޮށްދީފައެވެ.

”ކުރިން 10 ޕަސެންޓުގައި ހުރި ލޯނު 5 ޕަސެންޓަށް ކުޑަކޮށްދީ އިކުއިޓީ ދެއްކުމަށް ވެސް ލުއިތަކެއް ވަނީ ސަރުކާރުން ދީފައި،“ މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ބޭންކު މެދުވެރިކޮށް ދޫކުރާ ލޯނަކަށް ވާތީ، ބޭންކުގެ އުސޫލުތައް މީގެ ތެރޭގައި ހިމެނޭނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ބޭންކުގެ އުސޫލުތަކުގެ ދަށުން ކުރިން ލޯނު ނަގައި ފައިސާ ނުދައްކާ ހުރި ފަރާތްތަކަށް ބޭންކުން ލޯނު ދޫނުކުރާނެ ކަމަށެވެ. މި ސްކީމަކީ އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: