ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ރަޝީދުގެ މަރު: ދެ މީހުންގެ ޖަލު ހުކުމް ބާތިލްކޮށް، އަލުން މައްސަލަ ބަލަން އަންގައިފި

ބްްލޮގާރ ޔާމީން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ދެ މީހުންގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލި މައްސަލައިގައި މިހާތަނަށް ވެސް އިންސާފު ލިބިފައި ނުވެއެވެ.

މި މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރެއިން ކުށް ސާބިތުވާކަމަށް ކަނޑައެޅީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެކަމަކު ދައުވާ ކުރި މީހުންގެ ތެރޭގައި ހިމެނޭ މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ. ކުށް ސާބިތުނުވެ ދޫވި އިސްމާއިލް ރަޝީދާއި، އިފްރާންގެ މައްސަލަ ދައުލަތުން ހައިކޯޓުން އިސްތިއުނާފު ކުރިއިރު ކުށް ސާބިތުވި ދެ މީހުން ވެސް ވަނީ އެ މީހުންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓަށް ހުށަހަޅާފަ އެވެ.

މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައި ވަނީ، ހައިޝަމްއާއި ޒިހާންގެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި ދިފްރާންއާއި، އިސްމާއިލް ރަޝީދުގެ ބައިވެސް އަލުން ބެލުމަށް ވަނީ އަމުރު ނެރެފަ އެވެ.

ޖަލު ހުކުމެއްގައި ތިއްބި، ހައިޝަމްއާއި ޒިހާން މިނިވަން ވާނެތީ ދައުލަތުން އެ މީހުންގެ ޝަރީއަތާއި މެދު ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދުނެވެ. އެހެން ނަމަވެސް ފަނޑިޔާރުން ނިންމެވީ، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއުއާއި، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސެއިން އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރުގެ އޭޕްރިލް މަހު ކުރި Yameen Rasheed ge maru: 2 meehaku umurah jalah lai, maruge dhiya ah 1.3 million rufiyyaa dhakkan hukum koffiހުކުމުގައި ވާގޮތުގައި ޔާމީން މަރާލި ރޭ ޒިހާނާއި ހައިޝަމް އެ ސަރަހައްދުގައި އުޅުނުކަން ހެކިންގެ ހެކި ބަހުން އެނގެ އެވެ. އަދި މީހެއްގެ ހަޅޭކުގެ އަޑަށް ފަހު ޔާމީންގެ ގެއިން ދެ މީހަކު ނިކުމެހެން ދިޔަ މަންޒަރު ފެނުނު އިރު އެ ދެ މީހުންނަކީ ޒިހާނާއި ހައިޝަމްކަން އެނގޭ ހެކި އެބަހުރި ކަމަށެވެ.

މައްސަލައިން މި މީހުން ސަލާމަތްވެފައި ވަނީ އެކަށީގެންވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ، އާއި އިޖުރާއީ ބައެއް ގޯސްތަކެއްގެ ސަބަބުންނެވެ. އަދި ޝިފާޒް ޔާމީނަށް ފާރަލީކަމަށް ދައުލަތުން ބުނާއިރު، އެ ކަން ސާބިތު ކުރެވޭ މިންވަރަކަށް ހެކި ހުށަހަޅާފައި ނުވުމާއި، އެ ގަތުލުގެ ނިޔަތް އޮތްކަން ސާބިތުކޮށްދެވިފައި ނުވާތީ އެވެ. ދައުލަތުން ޝިފާޒާއި ދެކޮޅަށް އޭނާ ޔާމީނަށް ފާރަލީކަމަށް ބުނާ ފޮޓޯތަކުގެ އިތުރުން ސިއްރު ހެކިވެރިއެއްގެ ހެކިބަސް ހުށަހެޅި އެވެ.

އިސްމާއިލް ރަޝީދުގެ މައްޗަށް ދައުލަތުން އުފުލީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއިން އޭނާ ސަލާމަތްވީ ދައުލަތުން ހުށަހެޅި ވީޑިއޯ އެނެލިސް ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީގެ އިތުރުން ފޮރެންސިކް ރިޕޯޓުގައި އެހެން މީހެއްގެ ނަން ބޭނުންކޮށްފައިވާތީ އެވެ.

ޝަރީއަތް ކޯޓުގައި ކުރިޔަށް ދިޔައިރު ދައުލަތުން ވަނީ، ބައެއް ހެކިވެރިންގެ ނަންނަތައް ލީކުވެ އެ މީހުންނަށް ބިރު ދެއްކުމާއި، އިންޒާރު ދެމުންދާތީ ހެކި ބަސް ދޭން ދެކޮޅު ހަދަމުންދާ ކަމަށް ބުނެފަ އެވެ. އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާނެކަމަށް ޕީޖީ ހުސައިން ޝަމީމް ދާދި ފަހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޔާމީންގެ މަރުގެ މައްސަލައިގައި ހިމެނޭ ސިއްރު ހެއްކެއް ކަމަށް ބުނާ މީހެއްގެ މައުލޫމާތު ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، އެތަނުން އެއް ހެކުވެރިއެއްގެ ސިޓީއެއް ވެސް ހުކުމް ކުރުމުގެ އެއް ރޭ ކުރިން ލީކުކޮށްލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: