ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުމަކީ އެމްޑީޕީން ބަލައިގަންނާނެކަމެއް ނޫން: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަސްގަނޑުން ބައެއް ދޫކޮށްލުމަށްޓަކައި ނުވަތަ ބޭރު ބަޔަކަށް ވިއްކާލުމަށް އެއްވެސް ސިފައެއްގައި މަޝްވަރާއެއް ކުރަމުންދާނަމަ އެއީ ރައްޔިތުން ބަލައިގަންނާނެކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ މަޝްވަރާތައް ކެބިނެޓުގައި ކުރަމުންދާކަމަށް މިއަދު ބައެއް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައި ވެއެވެ.

މި ތުހުމަތުތަކާއި ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކޮށްލުމަކީ އެމްޑީޕީން ދުވަހަކުވެސް ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، އަދި އެއީ އެ ޕާޓީން ކުރާނެކަމެއް ވެސް ނޫން ކަމަށެވެ. މިއީ ކެބިނެޓު ފެންވަރުގައި ވިޔަސް އަދި އެ ނޫން ގޮތަކަށް ވިޔަސް މަޝްވަރާ ކުރެވިގެން ވާނެކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރާއި ޕީއެންސީއަށް ފާޑުކިއުން އަމާޒުކޮށް ފައްޔާޒް ވިދާޅުވީ، ގައުމިއްޔަތުގެ ނަމުގައި އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރީ ގައުމު ފޮތިފޮތިކޮށް، އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނުތައް ބަދަލުކުރުމަށް ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު މިހާރުގެ ސަރުކާރުގެ އިސްވެރިން މަޖިލީހުގައި ތިއްބަވައިގެން، ދިވެހި ފަސްގަނޑު ވިއްކާލުމަށް ވޯޓުދީ ފާސްކުރިކަމަށް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނާއި ގައުމިއްޔަތު ބޭނުން ކުރައްވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ބަހާއި އަމަލުން ފެންނަނީ މުޅިން ތަފާތު މަންޒަރެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއީ ކެބިނެޓު ލެވެލްގައި އަދި އެނޫންވެސް ގޮތެއްގައި މަޝްވަރާ ވެސް ކުރެވިގެން ވާނެ ކަމެއް ނޫން. ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރޭ. 2015 ވަނަ އަހަރު ވެސް މިހާރު ސަރުކާރުގެ ވެރިން ވެސް މަޖިލީހުގައި ތިބިއިރު، އެ މީހުން ވޯޓު އަޅައިގެން ދިވެހި ފަސްގަނޑު ވިއްކާލަން ފާސްކުރި. ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުމަކީ އެމްޑީޕީއިން ދުވަހަކު ވެސް ބަލައިގަންނާނެ އަދި ކުރާނެ ކަމެއް ނޫން.

މީގެ އިތުރުން ފައްޔާޒް ވަނީ ސަރުކާރުގެ ތެރޭގައި އެތައް ބަޔަކު ތިބިއިރު، ގައުމުގެ ހައްގުގައި ނިކުންނާން ނުކެރެނީތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ވިދާޅުވީ އެ ހިތްވަރު ވަޒީރުންގެ ނުވަތަ ސިޔާސީ މުވައްޒަފުންނާއި ޕީއެންސީގެ މެމްބަރުންގެ ނެތުމުން ކަންބޮޑުވާކަމަށެވެ. ފައްޔާޒް ވިދާޅުވީ ސަރުކާރުން ހަދާ ބޮޑެތި ގޯސްތަކަށް ބަސް ބުނަންވީ ވަގުތަކީ މިއީ ކަމަށެވެ.

ބައެއް ފަރާތްތަކުން މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަކަށް ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސްބައެއް ޢަސްކަރީ ބޭނުމަކަށް ދީގެނެއްނުވާނެކަމަށް އެ މާއްދާގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: