ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވިސްގެ ހެދުން އެޅުމުގައި މައްސަލައެއް ނެތް، ސަރުކާރު ބޭނުން ވަނީ ޒާތީ ދިރިއުޅުން ކޮންޓްރޯލް ކުރަން: ފައްޔާޒް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފައްޔާޒް އިސްމާއިލް ވާހަކަ ދައްކަވަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސްގެ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތަށް ގެނައި ބަދަލުތަކަކީ ރައްޔިތުންގެ މައްޗަށް ވެރިވެގަނެ، ރައްޔިތުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހިންގާ ހުދުމުހުތާރު އެޖެންޑާއެއްގެ ބައެއްކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް ގަވާއިދަށް ގެނައި އިސްލާހަށް ފާޑުކިއުން އަމާޒުކޮށް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ ހުރިހާ ކަމެއް ކުރަމުން ދަނީ ހުދުމުހުތާރުކަން ދައްކައި ރައްޔިތުންގެ މައްޗަށް ބާރު ހިންގުމަށް ކަމަށެވެ. އަދި މުވައްޒަފުން ހެދުން އަޅާ ގޮތް ބަދަލުކުރުވަނީ ސިވިލް ސާވިސްގެ ހެދުން އެޅުމުގައި މައްސަލައެއް އޮވެގެން ނޫންކަމަށާއި، އޭގެ ބޭނުމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ރައީސް މުއިއްޒުގެ ބާރުގެ ދަށަށް ގެނައުންކަމަށް ތުހުމަތު ކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި މިއީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭ ޒާތީ މިނިވަންކަން ފޭރިގަތުމެވެ. އަދި ރައްޔިތުންނަކީ ތަންދޮރުނުދަންނަ ގަމާރު ބައެއްކަމަށް ދެކިގެން އެ މީހުންގެ ޒާތީ ކަންކަމާއި ގުޅުވައި ގޮތް ނިންމައި ބާރު ފޯރުވިދާނެކަމަށް ދެކިގެން ނުވާނެކަމަށް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލާއި ފިކުރާއި ޒާތީ ދިރިއުޅުމުގެ މިނިވަންކަން ދިވެހިންނަށް މާ މުހިންމު ކަމަށެވެ.

ވެރިކަމާ ހަވާލުވެ ހުރިހާ ކަމެއް ކުރަމުން ދަނީ ހުދުމުހުތާރުކަން ދައްކައި ރައްޔިތުންގެ މައްޗަށް ވެރިވެގަތުމަށް. ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން އަޅާ ގޮތް ބަދަލުކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެ ދަށުން. ސިވިލް ސާވިސްގެ ހެދުން އެޅުމުގައި މައްސަލައެއް އޮވެގެނެއް ނޫން. ބޭނުމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭ ޒާތީ މިނިވަންކަން ފޭރިގަތުން. ރައްޔިތުންނަކީ ތަންދޮރުނުދަންނަ ގަމާރު ބައެއް ކަމަށް ދެކިގެން އެ މީހުންގެ ޒާތީ ކަންކަމާ ބެހި އޮބިހެއްޓޭނެ ކަމަށް ދެކިގެން ނުވާނެ. ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހިޔާލާއި ފިކުރާއި ޒާތީ ދިރިއުޅުމުގެ މިނިވަންކަން ދިވެހިންނަށް މާ މުހިންމު.

ސިވިލް ސާވިސް ކޮމިޝަނުން އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، އަންހެން މުވައްޒަފުން ލާ ހެދުން ހުންނަން ޖެހެނީ ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ކުރު ނުވާ ވަރަށެވެ. އަދި ހެދުމުގެ ފޮއްޗަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ވާންޖެހޭކަމަށް ބުނެފައިވާއިރު، ފަޓުލޫނާއި ހަރުވާޅު ވެސް ހުންނަންޖެހޭނީ އޮފީހާ ގުޅޭ ފޮއްޗަކުންކަމަށް ވެއެވެ.

މީގެ އިތުރުން ހެދުމުގެ ކަރުވަޅު ނިވާވާންޖެހޭއިރު، އަތްކުރު ހެދުމެއްނަމަ އުޅާބޮށްޓާއި ކޮނޑުހުޅާ ދެމެދަށްވުރެ ކުރުވެގެން ނުވާނެކަމަށް ގަވައިދު ބުނެ އެވެ.

އައު ގަވާއިދުގެ ދަށުން އިސްތަށިގަނޑު ބެހެއްޓުމުގައި ވެސް އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިސްތަށިގަނޑުގައި ކަޅުކުލަ ފިޔަވައި، ފާޅުކަން ބޮޑު ކުލަތައް ޖެއްސުމާއި، ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: