ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކަން ކުރާނަމަ ފިޔަވަޅު އަޅާނަން: އެމްއޭސީއެލް

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި (ވީއައިއޭ) ވިޔަފާރި ކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފިއެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިމްކާޑު ވިއްކުމާއި، ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރިއާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައި ވަނީ އެކަމާ ގުޅޭ ލައިސަންސް އޮންނަ އަދި އެ ކުންފުންޏާއެކު އެއްބަސްވުމެއް ހަދާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެހެންކަމުން، އެފަދަ ހުއްދައެއް ނެތި ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން އިތުރަށް ހާމަކުރި ގޮތުގައި، އެއާޕޯޓުގައި ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ދޭންވާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ކައުންޓަރަކުން ނުވަތަ ވަސީލަތެއް މެދުވެރިކޮށެވެ. އަދި ހިދުމަތް ދޭ މުވައްޒަފުން ތިބެންޖެހޭނީ އެ ބަޔަކު ތަމްސީލުކުރާ ކުންފުނީގެ ޔުނީފޯމެއްގައި ނުވަތަ ކާކުކަން އެނގޭނެ ފަދަ ފާހެއް އަޅައިގެން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެއާޕޯޓުގައި ފަތުރުވެރިންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތައް ކުރުމާއި ހިދުމަތް ދިނުމުގެ ހުއްދަ ހާއްސަ އުސޫލުތަކެއްގެ ދަށުން ދޫކުރަނީ އެމްއޭސީއެލް އިން އެކަނި ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން، އެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ބަޔަކު އެއާޕޯޓުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ދިނުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ފަތުރުވެރިންނާއި އެއާޕޯޓު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ. އެހެންކަމުން، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށާއި، އެފަދަ ފަރާތްތަކުގެ ވިޔަފާރިއަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށްވެސް އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: